
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ބަނޑަށް ޖައްސައިގެން، ޔަހޫދީން ދަނީ ރާވައިގެން ގަޑުބަޑު އުފައްދައި ޤަތުލްޢާންމު ހިންގަމުން، ބައިނަލްއަޤުވާމީ އެހީ ދޭ ޖަމުޢިއްޔާއަކުން ބުނެފިއެވެ. އެމްއެސްއެފްގެ ނަމުން މަޝްހޫރުވެފައިވާ ފަރަންސޭސިވިލާތުގެ ޖަމުޢިއްޔާ، ޑޮކްޓަރސް ވިތައުޓް ބޯޑާސްގެ ޣައްޒާގެ ޕްރޮޖެކްޓް ކޯޑިނޭޓަރު ކެރޮލައިން ވިލެމަންއަލްޖަޒީރާއަށް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެހީ އިތުރުވި ނަމަވެސް އަދިވެސް ފުރަބަންދުކޮށްފައިވާ ޣައްޒާގައި ކާބޯތަކެތި “ވަރަށް ތަދު” ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ދެމެހެއްޓެނެވި ގޮތުގައި ޣައްޒާއަށް އެހީ ވެއްދޭނެކަމުގެ ޔަޤީންކަމެއް ނެތް އިރު، ޣައްޒާގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން “ފުރާނަ އަތް މައްޗަށް ލައިގެން” ކާބޯތަކެތި ހޯދަން ނުކުތުން ނޫން ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، ހައިހޫނުކަމުގައި އިތުރު ތިން މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި، ދެ ކުޑަކުދިން ހިމެނޭ ކަމަށެވެ.
އެއާ އެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން، އެކަށީގެންވާ މިންވަރަށް ކާނާ ނުލިބި، ކާޑުބަލިޖެހިގެން ޝަހީދުވި މީހުންގެ އަދަދު 162 އަށް އަރާފައިވާއިރު، އޭގެތެރޭގައި 92 ކުޑަކުދިން ހިމެނެއެވެ. ޣައްޒާގައި އާއްމުވެގެންވާ ބަނޑުހައިހޫނުކަމެއް ފެތުރިފައިވާއިރު، އދން ވެސް ވަނީ ބަނޑުހައިހޫނުކަމުގެ ނުރައްކާ ޚާއްޞަކޮށް ޣައްޒާގެ ކުޑަކުދިންނަށް ވަރަށް ބޮޑު ކަމަށް ފާހަގަކޮށްފައެެވެ. އެ އިދާރާއިން ދަނީ ޣައްޒާއަށް ހުއްޓުމެއްނެތި ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެކުރެވޭނެ މަގު ފަހިކޮށްދިނުމަށް ޔަހޫދީންނަށް ތަކުރާރުކޮށް ގޮވައިލަމުންނެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް އެ އިދާރާއާއި އިންސާނީ އެހީ ފޯރުކޮށްދޭ އެހެނިހެން އިދާރާތަކުން މަސައްކަތް ކުރި ނަމަވެސް އެ ކަމަށް ހުރަސް އަޅަނީ ޔަހޫދީން ކަމަށް އެ އިދާރާތަކުން ދަނީ ބުނަމުންނެވެ.
ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންދާތީ ޔަހޫދީންނަށް ކުރިމަތިވަމުންދާ ބައިނަލްއަޤްވާމީ ފިއްތުންތަކުންގެ ސަބަބުން، ފާއިތުވި ހަފްތާއެއްހާ ދުވަހު ޔަހޫދީންނަށް ވަނީ ޣައްޒާއަށް ވައިގެ މަގުން ކާބޯތަކެތި އެތެރެކުރުމަށް ފުރުޞަތު ދިނުމަށް މަޖުބޫރުވެފައެވެ. އެއާއެކު ޢަރަބި ޤައުމުތަކުން ވައިކުޑައިގެ ޒަރިއްޔާއިން ޣައްޒާއަށް ކާބޯތަކެތި އެޅި ނަމަވެސް އޭގެ ސަބަބުން ޣައްޒާގެ ޙާލަތަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ޣައްޒާއަށް އެ ގޮތަށް އެހީގެ ސާމާނު އެެތެރެކުރުަމަކީ ނުރައްކާތެރި، ޚަރަދުބޮޑު އަދި ނާކާމިޔާބު މަސައްކަތެެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ. ޣައްޒާގެ ބަނޑުހައިހޫނުކަމުގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، އެހީގެ ސާމާނު ބެހުމަށް ޔަހޫދީން ޙަވާލުކޮށްފައިވާ އެމެރިކާއާ ގުޅުންހުރި ކުންފުނި، ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ އެހީ ބަހާ މަރުކަޒުތަކަށް އެހީ ހޯދުމަށް ދާ ޣައްޒާގެ ރައްޔިތުން ވެސް ޔަހޫދީ ސިފައިން ދަނީ ޝަހީދުކުރަމުންނެވެ. ޖީއެޗްއެފުން މިދިޔަ މެއި މަހުގެ ފަހުކޮޅު އެހީގެ ސާމާނު ބަހަން ފެށިފަހުން އެހީ ބަހާ މަރުކަޒުތައް ކައިރިން 1000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޣައްޒާގެ ނަތުރާޒިމް ސަރަޙައްދުގައި ޤާއިމުކޮށްފައިވާ އެހީބަހާ މަރުކަޒު ކައިރިން 23 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
ޔަހޫދީ ފައުޖުން އެ މީހުން ޝަހީދުކޮށްލާފައި ވަނީ އެހީ ބަހާ މަރުކަޒުތަކުގައި ކަންތައްތައް ކުރިއަށްދާ ގޮތް ބެލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްއާއި އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މައިކް ހަކަބީ ޣައްޒާއަށް ވަނީ ވަޑައިގެންފައެވެ. މި ދަތުރުގެ ބޭނުމަކީ، ޣައްޒާއަށް ދެމެހެއްޓެނެވި ގޮތެއްގައި ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދެވޭނެ މަގެއް ހޯދުން ކަމަށް ވިޓްކޮފް ވިދާޅުވިއެވެ. ޖީއެޗްއެފްގެ އެހީ ބެހުމުގެ މަސައްކަތަށް 30 މިލިއަން ޑޮލަރު ދޭން އެމެރިކާއިން ނިންމައި މިދިޔަ މަހު ވަނީ އިޢުލާނުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
