
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓު އިސްރާއީލްގެ ދައުލަތް ބަލައިގަނެފައިވާ މުސްލިމް ޤައުމުތައް އިތުރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން ޔަހޫދީންގެ ދައުލަތް ބަލައިގަތުމަށް އަޒަރްބައިޖާނަށް ބާރު އަޅުއްވަމުން ގެންދަވާ ކަން ހާމަވެއްޖެއެވެ. ޔަހޫދީ ދައުލަތް ބަލައިގަތުމަށް މެދުތެރޭ އޭޝިޔާގެ ޤައުމެއް ކަމުގައިވާ އަޒަރްބައިޖާނަށް ބާރު އެޅުއްވުމުގެ ގޮތުން ޓްރަމްޕް ގެންދަވަނީ އެބްރަހަމް އެކޯޑްސް ނުވަތަ ‘އިބްރާހީމް އެއްބަސްވުމު’ގައި އެ ޤައުމު ބައިވެރިި ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އަޒަރްބައިޖާންގެ އިތުރުން މެދުތެރޭ އޭޝިޔާގެ އިތުރު ޤައުމުތައް އެ އެއްބަސްވުމުގައި ބައިވެރިވުމަށް ވެސް ޓްރަމްޕް ގެންދަވަނީ ބާރު އަޅުއްވަމުންނެވެ.
ޓްރަމްޕަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އަދި، މުސްލިމް ޤައުމުތަކާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު ބައިވެރިޔާއެވެ. އިބްރާހީމް އެއްބަސްވުން އެކުލަވައިލާފައި ވަނީ 2020ވަނަ އަހަރާއި 2021ވަނަ އަހަރުގެ ތެރޭގައި، ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. އެ އެއްބަސްވުމުގެ ބޭނުމަކީ، ޢަރަބި އަދި މުސްލިމް ޤައުމުތަކާއި ޔަހޫދީންނާ ދެމެދު ގުޅުން ބަދަހި ކުރުވުމެވެ. އަދި، އެ ޤައުމުތަކުން ޔަހޫދީންގެ ދައުލަތް ބަލައިގަނެ، ޔަހޫދީންނާ އެކު ޚާރިޖީ ގުޅުން ޤާއިމު ކުރުވުމެވެ. މެދުތެރޭ އޭޝިޔާގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން އަޒަރްބައިޖާނުން މިހާރު ވެސް ދަނީ ޔަހޫދީ ދައުލަތާ ގުޅުން ބަދަހި ކުރަމުންނެވެ. އަދި، އިބްރާހީމް އެއްބަސްވުމުގައި އަޒަރްބައިޖާނުން ބައިވެރިވުމަކީ އެމެރިކާއާއި ޔަހޫދީންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޓްރަމްޕް ޤަބޫލު ކުރައްވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އަޒަރްބައިޖާނުން އިބްރާހީމް އެއްބަސްވުމުގައި ބައިވެރިވެއްޖެ ނަމަ، އެ ޤައުމާއި ޔަހޫދީންނާ ދެމެދު އަސްކަރީ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ދޮރު ހުޅުވިގެންދާނެއެވެ.
ޓްރަމްޕްގެ އެންމެ ބޮޑު މަޤުޞަދަކީ މެދުއިރުމައްޗާއި މުސްލިމް ޤައުމުތަކުގެ ތެރެއިން ބާރާއި ނުފޫޒު ގަދަ ޤައުމުތަކުން ޔަހޫދީންނާ ގުޅުން ބަދަހި ކުރުވުމެވެ. ޔަހޫދީންގެ ދައުލަތް ބަލައިގަނެ، ޚާރިޖީ ގުޅުން ޤާއިމު ކުރުވުމެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ސަޢޫދީ ޢަރަބިއްޔާއެވެ. ނަމަވެސް، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޔަހޫދީން އިންކާރު ކުރަމުންދާ ނަމަ، އެ މީހުންނާ ގުޅުން ބަދަހި ކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދަނީ ދެކޮޅު ހަދަމުންނެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެން ވެސް ޢަރަބި ޤައުމުތަކުން ވަނީ ޔަހޫދީންނާއި އެމެރިކާއާ މެދު ރުޅިވެރިވެފައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 60,000އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 142,000އަށް އަރައެވެ. ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ވެސް ޔަހޫދީން ދަނީ ޓްރަމްޕްގެ ސަރުކާރާ ގުޅިގެން ޖަރީމާތަކެއް ހިންގަމުންނެވެ.
ޔަހޫދީންގެ ޖަރީމާތަކާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޣައްޒާ ޤަތުލުޢާންމު ހުއްޓަައިލަން ޔަހޫދީން އިންކާރު ކުރަމުންދާތީ، ހުޅަނގުގެ ބައެއް ބާރުތަކުން ވަނީ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. މި ގޮތުން، ފަލަސްޠީނަކީ މިިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ހުޅަނގުގެ ބައެއް ބާރުތަކުން ނިންމާފައިވާއިރު، އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ކެނެޑާ ހިމެނެއެވެ. ސެޕްޓެންބަރު މަހު ނިއު ޔޯކްގައި ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެ، ރަސްމީކޮށް އިޢުލާނު ކުރާނެ ކަމުގައި އެ ތިން ޤައުމުން ވަނީ ބުނެފައެވެ. މިއީ ޔަހޫދީންނާއި އެމެރިކާއަށް ހަޖަމު ކުރެވޭނެ ކަމެއް ނޫނެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
