
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއާއި ރަޝިޔާއާ ދެމެދު ހަނގުރާމައެއް ފަށައިފާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ނިއުކްލިޔަރ ސަބްމެރިންތައް ތައްޔާރީ ހާލަތަކަށް ގެނެސް، ދެ ސަބްމެރިން “އެންމެ އެކަށޭނަ” ސަރަޙައްދުތަކަށް ފޮނުވަން އަމުރު ކުރައްވާފައިވާނެ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ. އޭނާ މި މޭރުމުން އަމުރު ކުރައްވާފައި މި ވަނީ، ނިއުކްލިޔަރ މައި ދެ ބާރު ކަމުގައިވާ ރަޝިޔާއާއި އެމެރިކާއާ ދެމެދު ހަނގުރާމައެއް ފެށުމުގެ ހިރާސް އިތުރުވަމުންދާ ކަމުގައި ރަޝިޔާގެ ކުރީގެ ރައީސް ދްމީތުރީ މެދްވޭދެފް ވިދާޅުވުމާ ގުޅިގެންނެވެ. ސަލާމަތީ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެންމެ އެކަށޭނެ ސަރަޙައްދުތަކަށް ސަބްމެރިންތައް ފޮނުވަން އަމުރު ކުރައްވާފައިވާނެ ކަން ޓްރަމްޕް އިޢުލާނު ކުރެއްވުމަކީ މެދްވޭދެފަށް އަމާޒުކޮށް ދެއްވި ބަހުގެ ޙަމަލާއެއް ކަމުގައި ޤަބޫލު ކުރެވޭ ކަމުގައެވެ. އަދި، އެއީ އަސްކަރީ ފިޔަވަޅެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު ނެތް ކަމުގައެވެ. ސަބަބަކީ، ރަޝިޔާއަށް ޙަމަލާއެއް ދެވޭނެ ރާސްތާގައި މިހާރު ވެސް އެމެރިކާގެ ނިއުކްލިޔަރ ސަބްމެރިންތައް ހަރަކާތްތެރިވަމުން ދިޔުމެވެ.
މެދްވޭދެފް ވިދާޅުވެފައި ވަނީ، ކުރީގެ ރޫސީވިލާތުގެ ޒަމާނުގައި އުފައްދާފައިވާ ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމުގެ ޤާބިލުކަން ރަޝިޔާގައި ކިބައިގައި ހުރިކަން ޓްރަމްޕް ހަނދުމަފުޅު ނައްތަވައިލައްވައިގެން ނުވާނެ ކަމުގައެވެ. އޭނާއަށް ރައްދު ދެއްވަމުން ޓްރަމްޕް ވަނީ ވިދާޅުވާ ކޮންމެ ބަސްފުޅަކަށް ސަމާލުވުމަށް މެދްވޭދެފަށް އިންޒާރު ކުރައްވާފައެވެ. “ރަޝިޔާގެ ކުރީގެ ރައީސް ދްމީތުރީ މެދްވޭދެފް ވިދާޅުވެފައިވާ ހައްސާސް ބަސްފުޅުތަކަށް ބަލައި އަޅުގަނޑު ވާނީ ދެ ނިއުކްލިޔަރ ސަބްމެރިން އެންމެ އެކަށޭނަ ސަރަޙައްދުތަކަށް ފޮނުވުމަށް އަމުރު ކޮށްފައި، ސަބަބަކީ އެ މޮޔަ ވާހަކަތަކަކީ މޮޔަ ވާހަކަތަކަށް ނުވެދާނެ ކަމުގެ ފުރުޞަތު އޮތުން،” ޓްރަމްޕް ވިދާޅުވިއެވެ. “ދުލުން ބޭރުވާ ކޮންމެ ބަހަކީ މުހިންމު އެއްޗެއް، ބުނެވޭ ބަހަކުން އެދެވިގެންނުވާ ނަތީޖާއެއް ނިކުމެދާނެ، އަޅުގަނޑުގެ އުންމީދަކީ މި ފަހަރު އެ ފަދަ ހާލަތެއް މެދުވެރިނުވުން.”
އެމެރިކާގެ ނިއުކްލިޔަރ ސަބްމެރިންތައް ރުކުރުވައިލުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ ރަޝިޔާގެ ކުރީގެ ރައީސް މެދްވޭދެފް އެމެރިކާއަށް އިންޒާރެއް ދެއްވާފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. އަދި، އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމުގައެވެ. އެކަށޭނަ ސަރަޙައްދުތަކަށް އެމެރިކާގެ ނިއުކްލިޔަރ ސަބްމެރިންތައް ފޮނުވުމަށް އަމުރު ކުރައްވާފައިވާނެ ކަން ޓްރަމްޕް އިޢުލާނު ކުރެއްވި ނަމަވެސް، އެ އަމުރު ތަންފީޒު ކޮށްފައިވާ ކަން އެމެރިކާގެ ކަނޑުގެ ސިފައިންނާއި ދިފާޢީ އިދާރާ، ޕެންޓެގަނުން ކަށަވަރު ކޮށްދީފައެއް ނެތެވެ. އެމެރިކާގެ އަސްކަރީ މަނަވަރުތައް ހަރަކާތްތެރިވަމުންދާ ސަރަޙައްދުތަކުގެ މަޢުލޫމާތަކީ އެ ޤައުމުގެ އަސްކަރިއްޔާއިން ވަރަށް ސިއްރު ކޮށްގެން ގެންގުޅޭ މަޢުލޫމާތެކެވެ.
މެދްވޭދެފްގެ ބަސްފުޅުތައް ރައްދު ދިނުމުގެ ގޮތުން ނިއުކްލިޔަރ ސަބްމެރިންތައް ރުކުރުވައިލާފައިވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައި މި ވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އޭނާ ފަށްޓަވާފައިވާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ފެންނަމުން ނުދާތީ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ނުގެންދަވާ ކަމުގައި ވިދާޅުވެ، ޓްރަމްޕް ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
