
ލިވަޕޫލަށް ކުޅެން އޭނާ ހުސްވި ސީޒަނުގައި ބަދަލު ނުވީ އެއީ ރަނގަޅު ވަގުތަކަށް ނުވުމުން ކަމަށް ސްޕޭނުގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ ބުނެފި އެވެ. އޭނާ މިހެން ބުނީ ލިވަޕޫލާ އެންމެ ވާދަވެރި އާސެނަލް އަށް މި ސީޒަނުގައި ސޮއި ކުރުމަށް ފަހު އެވެ. ޒުބިމެންޑީ ގަތުމަށް ލިވަޕޫލުން މިދިޔަ ސީޒަނުގައި ވަރަށް މަސައްކަތް ކުރި އެވެ. އެކަން ކާމިޔާބު ނުވީ އެންމެ ފަހު ވަގުތު ކުޅުންތެރިޔާ ނޫނެކޭ ބުނުމުންނެވެ. “ކޮންމެ ޓީމަކުން އޮފާއެއް ލިބުނަސް އެންމެ ފުރަތަމަ ކުރަން ޖެހޭ ސުވާލުތަކެއް ހުރޭ. އެ ގޮތުން އަހަރެން ކުރަން ޖެހުނު އެއް ސުވާލަކީ އެއީ ރެއާލް ސޮސިއޭޑާޑް ދޫކޮށްލަން ރަނގަޅު ވަގުތެއްތޯ. އެކަމަކު އެ ސުވާލުގެ ޖަވާބުގައި އަހަރެންނަށް ވިސްނުނީ އެއީ ރަނގަޅު ވަގުތެއް ނޫން ކަމަށް،” ޒުބިމެންޑީ ބުންޏެވެ.
އޭނާ ބުނީ މި ސީޒަނަށް އާސެނަލް އިން އޭނާ ގަންނަން ހުށަހެޅުމުން އެ ކަމަށް އާއެނކޭ ބުނީ ވެސް ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފައި ކަމަށެވެ. މި ގޮތުން ކުޅެން ފުރުސަތު ލިބޭނެ ޓީމެއްތޯ އާއި ތައްޓަށް ވާދަކުރާ ފެންވަރުގެ ޓީމެއްތޯ ކަށަވަރުވުމުގެ އިތުރަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަކީ ވެސް އޭނާ ސޮއި ކުރި ސަބަބެއް ކަމަށެވެ. “އަހަރެން ބޭނުންވީ ރެއާލް ސޮސިއެޑާޑް ދޫކޮށްލާއިރު މޮޅު ކޯޗަކާއެކު މަސައްކަތް ކުރަން. އާޓެޓާ އަކީ އަހަރެން ދެކޭ ގޮތުގައި ޔޫރަޕުގެ އެންމެ މޮޅު އެއް ކޯޗު. މިއީ އަހަރެން އާސެނަލް އަށް ސޮއި ކުރަން ނިންމި މުހިންމު ސަބަބެއް،” ޒުބިމެންޑީ ބުންޏެވެ.
އޭނާ ބުނީ ފާއިތުވެދިޔަ އަހަރުތަކުގައި ތަށިތަކެއް ނުލިބުނު ނަމަވެސް ހުސްވި ސީޒަނުގައި ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި ފްރާންސްގެ ޕީއެސްޖީ އަށް އެންމެ ރަނގަޅު ފައިޓެއް ދީފައިވާ ޓީމަކީ ވެސް އާސެނަލް ކަމަށެވެ. މިހެންވެ ކުރިމަގުގައި ތައްޓާ ހަމައަށް ދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
