
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޓޮޓްނަމް ހޮޓްސްޕަރ އަށް ކުޅެމުންދާ ސައުތު ކޮރެއާގެ މިޑްފީލްޑަރ ސޮން ހިއުން މިން 10 އަހަރަށްފަހު އެ ކްލަބު ދޫކޮށްލާކަން އިއުލާން ކޮށްފި އެވެ. ޓޮޓްނަމް ހޮޓްސްޕަރ އިން ސޮން އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2026 ވަނަ އަހަރުގެ ނިޔަލަށް އޮތް ނަމަވެސް ސޮން އިއްޔެ ބުނެފައިވަނީ ޓޮޓްނަމް އާއިއެކު އޭނާ ހޭދަކުރަމުން އައި ދުވަސްތަކަށް މިހާރު ނިމުން އައިސްފައިވާ ކަމަށާއި އަންނަ ސީޒަނުގައި އޭނާ އެ ކްލަބުން ނުފެންނާނެ ކަމަށެވެ. ޖަރުމަނުގެ ބަޔާ ލެވަކޫސަން އިން 2015 ވަނަ އަހަރު ޓޮޓްނަމް އާއި ގުޅުނު ސޮން ވަނީ ނިމިގެންދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޓޮޓްނަމް ހޮޓްސްޕަރ އަށް ހޯދަދީ 17 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ ޓީމަށް މުބާރާތެއް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އަންނަ ސީޒަނުގައި ސޮން ފެނިގެންދާނެ ކްލަބެއް އޭނާ ހާމަކޮށްފައިނުވި ނަމަވެސް އިނގިރޭސި މީޑިޔާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި 33 އަހަރުގެ ސޮން ދެން ފެނިގެންދާނީ އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް ލޮސް އެންޖެލެސް އެފްސީ އިންނެވެ. ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓޮޓްނަމް އިން އޭޝިޔާއަށް މިހާރު ކުރަމުންދާ ދަތުރުގައި ސޮންގެ އުފަން ގައުމު ކަމުގައިވާ ސައުތު ކޮރެއާގެ ސޯލްގައި މާދަމާ ނިއުކާސަލް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސޮން ބުނެފައިވަނީ މިއީ އޭނާ ޓޮޓްނަމް އިން ފެންނާނެ ފަހު މެޗުތައް ކަމަށެވެ.
“މިއީ އަހަރެން މި ކްލަބުން ފެންނާނެ އެންމެ ފަހު މެޗުތައް. މި ދަތުރަށްފަހު އަހަރެން ޓޮޓްނަމް ދޫކޮށްލަން ވަނީ ނިންމާފައި އަދި މިއީ އަހަރެންގެ ފުޓްބޯޅަ ހަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުން.” ސޮން ބުންޏެވެ. ޓޮޓްނަމް ހޮޓްސްޕަރ ގައި ހޭދަކުރި ދިހަ އަހަރުގެ ތެރޭގައި ސޮން ވަނީ އެ ކްލަބަށް 454 މެޗު ކުޅެދީ 173 ލަނޑު އެ ކްލަބަށް ޖަހައިދީފަ އެވެ. އަދި 22-2021 ވަނަ އަހަރުގެ ސީޒަނުގައި ސޮން ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓްވެސް ހޯދާފަ އެވެ. ޓޮޓްނަމް ހޮޓްސްޕަރ އިން އޭޝިޔާއަށް ކުރަމުންދާ ދަތުރުގެ ކުރިންވެސް ސޮން އަންނަ ސީޒަނުގައި ޓޮޓްނަމް އިން ނުފެންނާނެކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. އަދި އޭނާ މި ދަތުރުތަކުގައި ބައިވެރިވެފައިވަނީ މާކުރިން ހަމަޖެހިފައިވާ ދަތުރުތަކަކަށް ވާތީ އަދި ވަކިން ޙާއްސަކޮށް ސައުތު ކޮރެއާއަށް ޓޮޓްނަމް އިން ދާން ނިންމިއިރު މި މެޗުތައް ސްޕޮންސަރ ކޮށްފައިވާ ފަރާތްތަކުގެ ޝަރުތެއްގެ ގޮތުގައި ސޮން ޓީމާއިއެކު ދިއުން ހިމެނިފައިވާކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
