
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަކީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ރައުސްމާލު ކަމަށާއި، ރަށްރަށުގައި ގާއިމުކުރެވޭ ފިޓްނަސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްތަކަކީ އެ މަގަށް ކަންކަން ފަހިކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނޫނު އަތޮޅޫގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ދިމާވި ރައްޔިތުން އެ މަޝްރޫއުތަކާމެދު ދެކޭގޮތް ޕީއެސްއެމް ނިއުސް އާއި ހިއްސާ ކުރައްވަމުންނެވެ. “އެހެންވީމާ އަޅުގަނޑުމެންނަށް އިނގުނީ މީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއްކަމަށް. އެއީ ހެތްލީ ކޮމިއުނިޓީއެއް ބިލްޑް ކުރުމަކީ ހަމަ ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ރައުސުލްމާލުކަމަށް އަޅުގަނޑު ދެކެނީ” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު ނޫނު އަތޮޅާއި އެހެނިހެން އަތޮޅުތަކުގައިވެސް މަސައްކަތް ފެށިގެން ކުރިޔަށްދާ ކުޅިވަރު މަޝްރޫއުތަކަކީ ފަށާގޮތަށް މާ ބޮޑު މަޑުޖެހުމެއް ނެތި ބާރު ސްޕީޑްގައި ގޮސް ނިންމާލަން ބޭނުންވާ މަޝްރޫއުތަކެއް ކަމަށެވެ. އަދި ރައްޔިތުން ދެކޭ ގޮތުގައި މިއީ ކޮންމެހެންވެސް ހުންނަން ޖެހޭ ވަސީލަތްތަކެއް ކަމަށާއި، އައުޓްޑޯ ޖިމްތަކާއި ފިޓްނެސް ސެންޓަރުތަކުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ ފައިދާގެ އިތުރުން މުޖުތަމައުތައް އެއްބައިވަންތަ ކުރުވާ މުޖުތަމައުތަކަށް އުފާވެރިކަން ގެނެސްދޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
”ރައްޔިތުން ވަރަށް ގަބޫލުކުރޭ މީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް. އަދި މިކަމުގެ ސަބަބުން ޒުވާނުންނާއި މުސްކުޅިންނާއި ކުޑަކުދިންނަށްވެސް މިކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމެއް މީ” ވަޒީރު ވިދާޅުވިއެވެ. ދުޅަހެޔޮ ސިއްހަތެއް ހޯދައިދޭން މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމަށް ރައްޔިތުންވެސް ގަބޫލުކުރާކަމަށާއި އޭގެ މުހިންމުކަން މިހާރު ވަރަށް ގިނަ މީހުންނަށް އިނގޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ބޮޑު އިންވެސްޓްމެންޓެއް ކަމަށާއި މިކަމުގެ ސަބަބުން ގައިންގަޔަށް ނާރާ ބަލިތަކުން ސަލާމަތްވުންފަދަ މުހިންމު ފައިދާތައް ލިބޭކަން ރައްޔިތުން ގަބޫލުކުރާކަމަަށެވެ. އަދި ކުޅިވަރުގެ މިފަދަ ވަސީލަތްތަކަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މުހިންމު ވަސީލަތްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި ކޮންމެ ރަށެއްގައިވެސް ފިޓްނެސް ސެންޓަރަކާއި އައުޓްޑޯ ޖިމެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެފަހުން ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
