
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވާދަވެރި ސިޔާސީ ޕާޓީތަކަށް ހަރަކާތް ހިންގުމުގެ ފުރުސަތު ފަހިކޮށްދެމުންދާކަން ފާހަގަކުރައްވައި، އެމްޑީޕީގެ ހަރަކާތްތަކަށް ރައްޔިތުންގެ ތަރުހީބު ނެތުމަކީ ސަރުކާރުގެ މައްސަލައެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. މެމްބަރު ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ގެންދަވަނީ ވާދަވެރި ސިޔާސީ ޕާޓީގެ ހަރަކާތް ހިންގުމަށް ތައްމިނަށް ފުރުސަތު ފަހިކޮށްދެއްވަމުން ކަމަށެވެ. އަދި ބުނި ތާކުން، ބުނި ވަގުތަކު އެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށް ވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.
އެގޮތުން، އެމްޑީޕީގެ ހިނގާލުމަށް ރައްޔިތުންގެ ތަރުހީބު ނެތުމަކީ ސަރުކާރުގެ ނުވަތަ އެބޭފުޅުންގެ މައްސަލައެއް ނޫން ކަމަށް ޝުޖާއު ވަނީ ހާމަކުރައްވާފައެވެ. ރައްޔިތުންގެ ތާއީދު އެމްޑީޕީއަށް ނެތެމުންދަނީ، އެޕާޓީ ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގައުމަށް ގައްދާރުވެ، ރައްޔިތުންގެ ބައިތުލްމާލުގައި އެއްކޮށްފައިވާ ފައިސާކޮޅަށް އަތްބާނާ، އެ ފައިސާކޮޅު ގާތް މީހުންނަށް ބަހާ ހުސްކުރާތީ ކަމަށް ޝުޖާއު ވިދާޅުވިއެވެ. “މީން ކޮންމެ ފަހަރަކު އަޅުގަނޑުމެން މިޖެނީ ވަރަށް ބުރަ މަސައްކަތުން ގައުމު ހަމަޔަކަށް އަޅުވަން،” ޝުޖާއު ވިދާޅުވިއެވެ.
އެމްޑީޕީއިން ވަނީ އެ ޕާޓީއަށް 20 އަހަރު ފާހަގަކުރުމަށް ހުޅުމާލެ ސެންޓަރަލް ޕާކްގައި ދުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
