
ރައީސް، ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރުދިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށީ، މަލަސް މަސީހު މުސާ (25) އެވެ. ފުލުހުން ވިދާޅުވީ ރައީސަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ މަސީހު މޫސާ ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާގެ ބަންދާއި ގުޅޭގޮތުން ގޮތެއް ނިންމަން ހާޒިރުކުރުމުން ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.
މަސީހު ވަނީ މީސް މީޑިއާގައި ރައީސްއަށް މަރުގެ އިންޒާރުދީފައެވެ. އެ އިންޒާރު ދީފައިވަނީ، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމާ ބެހޭ ގޮތުން މަޝްވަރާކުރަން ރައީސް އެންގެވުމާ ގުޅޭ ހަބަރަކާ ގުޅިގެން އޭނާ ކުރި ޕޯސްޓެއްގައެވެ. “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މީސް މީޑިއާ މެދުވެރިކޮށް ރައީސަށް އިންޒާރު ދިން މައްސަލައެއް ވެސް ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ. އދ.ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅު، ރައީސް އޮފީހުގެ ފޭސްބުކު ޕޭޖުން ލައިވްކޮށްފައިވަނިކޮށް، އެ ލައިވްއަށް މީހަކު ކުރި ކޮމެންޓެއްގައެވެ. އެގޮތުން އެ ކޮމެންޓުގައި ރައީސް “މަރާލާނެ” ކަމަށް އޭނާ ވަނީ ބުނެފައެވެ. މި މައްސަލައިގައި 40 އަހަރުގެ މީހަކު ހައްޔަރުކުރިނަމަވެސް އެ ތަހުގީގު ކުރިއަށް ދިޔަ ގޮތުގެ ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މިފަހަރުގެ އިންޒާރުގެ ތަހުގީގު ކުރިއަށްދާ ގޮތާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
