
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް ނިންމައި، 64 މަޝްރޫޢެއްގެ އަމަލީ މަސައްކަތްތައް ފަށާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން އާއްމުކޮށްފައިވާ އެކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ރިޕޯޓު ދައްކާގޮތުން އެ ކުއާޓަރުގައި އެމްޓީސީސީން ވަނީ 313 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އަދި 35 މަޝްރޫޢެއްގެ މަސައްކަތް ވަނީ އެކުންފުންޏާ ހަވާލުކޮށްފައެވެ.
މިދިޔަ ކުއާޓަރުގެތެރޭގައި އެކުންފުނިން 9 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައިވާއިރު، އޭގެތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުތަކާއި، ބަނދަރު އަދި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. އަދި މަގު ހެދުމާއި އިމާރާތްކުރުމުގެ މަސައްކަތްތައްވެސް އެމްޓީސީސީން މިދިޔަ ކުއާޓަރުގެތެރޭގައި ނިންމާފައިވާ މަޝްރޫޢުތަކުގެތެރޭގައި ހިމެނެއެވެ. އެމްޓީސީސީން 313 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާއިރު، މީގެތެރޭގައި އިމާރަތްކުރުމުގެ 87 މަޝްރޫޢު، ބަނދަރު ހެދުމުގެ 71 މަޝްރޫޢު އަދި ބިން ހިއްކުމުގެ 32 މަޝްރޫޢު ހިމެނެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ދުވެލި ހަލުކުރުމަށް، އެމްޓީސީސީން މިދިޔަ އަހަރު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުނީގެ ބިން ހިއްކުމުގެ ގާބިލުކަން ދުވާލަކަށް 29 އިންސައްތަ އިތުރުވެފައިވާކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. އެމްޓީސީސީގެ މާލީ ރިޕޯޓުގައިވާގޮތުން އެ ކުއާޓަރގައި 490.3 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ވަނީ 27.9 މިލިޔަން ރުފިޔާ ލިބިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
