
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ފަލަސްޠީނުގެ ރައްޔިތުން ތަމްސީލު ކުރާ ޕަލަސްޓައިން ލިބެރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)އާއި ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ އިސް އޮފިޝަލުންނާއި މެންބަރުންނަށް ފިޔަވަޅު އެޅުމަށް އެމެރިކާއިން ނިންމައިފިއެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ ސަރުކާރުން ޕީއޭއާއި ޕީއެލްއޯގެ އިސް މެންބަރުންނަށް ފިޔަވަޅު އަޅާފައި މި ވަނީ، ފަލަސްޠީނުގެ މުސްލިމުންނާއި ޔަހޫދީންނާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތު ކުރުމަށް ފަހުއެވެ. ޕީއޭއާއި ޕީއެލްއޯގެ އޮފިޝަލުންނަށް ފިޔަވަޅު އެޅުމަށް ޓްރަމްޕް ނިންމަވާފައި މި ވަނީ ހުޅަނގުގެ ބާރުތަކުގެ ގޮތުގައި ބެލެވޭ ޤައުމުތަކުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ކަން އިޢުލާނު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ގަދަ ބާރެއް ކަމުގައިވާ ފަރަންސޭސިވިލާތުގެ އިތުރުން ހުޅަނގުގެ މައި ބާރުތަކުގެ ގޮތުގައި ބެލެވޭ އިނގިރޭސިވިލާތާއި ކެނެޑާ ހިމެނެއެވެ.
ސެޕްޓެންބަރު މަހު އެމެރިކާގެ ނިއު ޔޯކްގައި ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެ، އެ ކަން އިޢުލާނު ކުރާނެ ކަން އެ ތިން ޤައުމުން ވަނީ ހާމަކޮށްފައެވެ. މިއީ، އެމެރިކާއަށް ހަޖަމު ކުރެވުނު ނިންމުމެއް ނޫނެވެ. އަދި، ޔަހޫދީން ވެސް ވަނީ އެ ތިން ޤައުމުގެ ނިންމުމާ މެދު ނުރުހުން ފާޅުކޮށް، އެ ޤައުމުތަކުގެ ވެރިންނަށް ފާޑު ކިޔާފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ، ޕީއޭގެ އިތުރުން ޕީއެލްއޯގެ އިސް އޮފިޝަލުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާއަށް އެތެރެވުމަށް ބޭނުންވާ ވިސާ ދޫކުރުން ހުއްޓައިލުން ހިމެނޭ ކަމުގައެވެ. ނަމަވެސް، އެމެރިކާއިން ފަޔަވަޅު އެޅުމަށް ނިންމާފައި ވަނީ ކޮން އޮފިޝަލުންނަކަށް ކަން ސާފެއް ނޫނެވެ. “ސުލްޙައަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެންގެ [އެމެރިކާގެ] ޤައުމީ ސަލާމަތަށް ކުރަން ޖެހޭ ކަމެއް،” އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ވުޒާރާއިން ބުނީ، ފަލަސްޠީނުގެ ރައްޔިތުންނާއި ޔަހޫދީންނާ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ލޯތަކަށް ހާމަކޮށްދިނުމަށް ޕީއޭއާއި ޕީއެލްއޯގެ އިސް އޮފިޝަލުންނާއި މެންބަރުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އޭގެ ތެރޭގައި ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު (އައިސީސީ) ހިމެނޭ ކަމަށް ބުނެ، އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ޕީއޭއާއި ޕީއެލްއޯއަކީ ނިރުބަވެރިކަމަށް ހިތްވަރުދޭ އިދާރާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. ޕީއޭއާއި ޕީއެލްއޯއަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ވަކާލާތުކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް، ކަށަވަރު ކޮށްދިނުމަށް ބާރުއަޅަމުންދާ އިދާރާއަކާއި ސަރުކާރެކެވެ. މި ކަމާ ގުޅޭ ގޮތުން ޕީއޭއާއި ޕީއެލްއޯން ރަސްމީ ބަހެއް ބުނެފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ވަޑައިގަންނަވަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހުގެ 3 އިން...
“ހުކުމުން އެނގެނީ ޤާނޫނުއަސާސީ އިސްލާހުކުރީ ހެޔޮ ނިޔަތުގައިކަން”
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ސިޔާސީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދެމެހެއްޓުމާ ގުޅިގެން،...
ކޮންމެ ބުރާސްފަތި ދުވަހަކު ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު، ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް"...
މަޖިލީހުން ވަޒީރުންނަށް ރުހުން ދީފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ....
މަސްވެރިންނަށް ޙާއްސަ އަގެއްގައި 9 ސަރަހައްދަކުން ތެޔޮ ލިބޭނެ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތައް ސަރުކާރުން އިތުރަށް ފުޅާކޮށްފިއެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވި...
ފުރަތަމަ ކުއާޓާގައި 2 މިލިޔަން މީހުން އެއާޕޯޓުން ޚިދުމަތް ހޯދި
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 2.35 މިލިއަން ފަސިންޖަރުން ޚިދުމަތް ހޯދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
