
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ދައުލަތުގެ ޤައުމީ ސަލާމަތާބެހޭ ކައުންސިލް، އެންސީއެސުން އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް ދަތުރުކުރާ އަދި އެ ޤައުމުގައި ދިރިއުޅޭ ޔަހޫދީންނަށް އަމާޒުވެދާނެ ބަދަލުހިފުމުގެ ޙަމަލާއަކަށް ސަމާލުވުމަށް އަންގައިފިއެވެ. ޔަހޫދީން ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްނުލޭދުކުރުމަށް ޤާތުލްޢާއްމު ހިންގާ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި ކަތިލަމުންދާތީ ބައިނަލްއަޤްވަމީ ދުނިޔެއިން ދަނީ ޔަހޫދީންނާ ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. 2020ވަނަ އަހަރު ޔޫއޭއީއިން ވަނީ އަބްރަހަމް އެކޯޑްސްގެ ދަށުން އިސްރާއީލާއެކު ގުޅުން ބަދަހިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއި ކުރި ފަހުން ޔޫއޭއީގައި ދިރިއުޅޭ ޔަހޫދީ އާބާދީ ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެ ޤައުމަކީ މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ރައްކާތެރި ޤައުމުގެ ގޮތުގައި ބެލެވިފައި އޮންނަ ޤައުމެވެ.
ޖުލައި މަހުގެ 31ވަނަ ދުވަހު ހައްދުފަހަނައަޅާފައިވާ ޔަހޫދީން ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި ޔަހޫދީން ޢަމަލުކުރަމުންދާ ގޮތުގެ ސަބަބުން އީރާނާއި ޙަމަާސްއާއި ޙިޒްބުاللهފަދަ ޖަމާޢަތްތަކުން ޔަހޫދީންނަށް ޙަމަލާ ދޭން ބޭނުންވާ ކަމަށެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި ޔަހޫދީން އިސްވެ އީރާނަށް ދިން ނިރުބަވެރި ޙަމަލާގެ ބަދަލު ހިފަން ވެސް ބޭނުންވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެންއެސްސީގެ ބަޔާނުގައި ބުނީ މާޒީގެ ތަޖުރިބާއިން ދަސްވީ ދުޝްމަނުންގެ ޙަމަލާތައް ޔަހޫދީންނަށް އަމާޒުކުރަނީ ޔަހޫދީ ދައުލަތުން ބޭރުގައި، އަވަށްޓެރި ޤައުމުތަކުގައި ކަމަށެވެ. އެހެންކަމުން ޔޫއޭއީގައި އެ ފަދަ ޙަމަލާއެއް ދިނުން ގާތް ކަމަށް ޔަހޫދީން ދެކެއެވެ. ޔޫއޭއީއާ ގުޅޭގޮތުން އެންއެސްސީން ނެރުނު ޓްރެވަލް އެލާޓުގައި ކޮންމެހެން ކުރަންޖެހޭ ދަތުރު ފިޔަވައި އެހެން ދަތުރުތައް ޔޫއޭއީއަށް ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ޔޫއޭއީއަށް ދަތުރުކުރާމެދު އަލުން ވިސްނުމަށް އެދިފައިވެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި 60،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޖޫން މަހުގެ ތެރޭގައި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ކަމަށް ބުނެ އެ ޤައުމަށް ވެސް ޔަހޫދީން ޙަމަލާ ދީފައިވެއެވެ. ޔަމަނުގެ ޙޫޘީންނަށް އަމާޒުކޮށް ވެސް ގިނަ ޙަމަލާތަކެއް ދެމުންދާއިރު، ސޫރިޔާއަށް ވެސް ޔަހޫދީން ޙަމަލާދެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
