
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް 2026 ގެ ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކޮށް ލޯ މެޑަލް ހާސިލްކުރި ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓޭބަލް ޓެނިސް ޓީމުން އުންމީކުރީ މުބާރާތުގެ ދެވަނަ ހޯދުމަށް ކަމަށާއި އެހެންނަމަވެސް ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށް ގައުމީ ޓީމުގެ ކޯޗު ބުނެފިއެވެ. މުބާރާތުގެ 3 ވަނަ ހޯދި ޓީމާއެކު އެނބުރި މާލެ އައިސް ޕީއެސްއެސް ނިއުސްއާއި މުބާރާތުގެ ތަޖްރިބާ ހިއްސާކުރަމުން ކޯޗު މަހްދީ ކޮޝްމަރަމް ބުނީ މިއީ ވަރަށް ވަރުގަދަ ކުޅުންތެރިންނާއި ވާދަކުރި މުބާރާތެއްކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ކުޅުންތެރިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.
ޓީމުގެ މެނޭޖަރ އަހުމަދު ޝާޒިލް ބުނީ ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރި ޓީމުގެ އުންމީދަކަށްވީ މުބާރާތުން ދެވަނަ ހޯދުން ކަމަށް، އެހެންނަވެސް ތިންވަނަ ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، މީގެ ކުރިން ރާއްޖެއަށް ބަލި ކުރެވައި ނުވާ ދެ ޓީމު ކަމަށްވާ ސްރީލަންކާއާއި ބަންގްލަދޭޝް ކާމިޔާބު ކުރެވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި މުބާރާތގައި ވާދަކުރި ކުޅުންތެރިންގެ ތެރެއިން ފާތމަތު ދީމާ އަލީ ބުނީ މި މުބާރާތުން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށާއި، މި ސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާ އާއި އެކު މި ކޮލިފިކޭޝަން ކުޅެން ލިބުމަކީ ކުރިޔަށް ހުރި މުބާރާތްތަކަށް ތައްޔާރުވުމަށް ލިބުނު ރަނގަޅު ތަޖްރިބާއެއް ކަމަށެވެ.
ފިރިހެން ޓީމުގެ ކުޅުންތެރިންގެ ފަރާތުން މޫސާ މުންސިފް އަހުމަދު ބުނީ މުބާރާތުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ޕާފޯމް ކުރިކަމަށާއި، މި ދެވުނީ ކުރިން ނުދެވޭ ހިސާބަކަށް ކަމަށެވެ. އެހެންކަމުން މިއީ ބޮޑު ކާމިޔާބީއެއް ކަމާއި އުންމީދަކީ ކުރިޔަށް އޮތް ތަނުގައި މި ރީޖަނުގެ ދެވަނަ ހޯދުން ކަމަށް މުންސިފް ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާޢިބެހޭ ވުޒާރާ)
ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކޮށް ލޯ މެޑަލް ހާސިލްކުރި ކުޅުންތެރިން ވަނީ މިއަދު މާލެ އައިސްފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުހަބާ ދަންނަވާ ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލް އާއި ކުޅިވަރު ވުޒާރާގެ ބައެއް އިސްވެރިންނާއި އޮލިމްޕިކް ކޮމިޓީގެ އިސް ބޭފުޅުން ވަނީ ޓީމާ ބައްދަލުކުރައްވާފައެވެ. އަދި ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ކުޅުންތެރި ދެއްކި ހިތްވަރު ފާހަގަކުރައްވާ ކުރިޔަށް ހުރި މުބާރާތްތަކުން މިއަށްވުރެ ރަނގަޅު ކާމިޔާބީ ހޯދުމަށް ސްޕޯޓްސް ކޮމިޝަނަރ ވަނީ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ. ނޭޕާލްގައި ޖުލައި މަހުގެ 30 އިން 31 އަށް ކުރިޔަށްދިޔަ މި ކޮލިފިކޭޝަންގައި ވާދަކުރީ ރާއްޖެ އާއި އާއި އިންޑިއާ އާއި ނޭޕާލް އާއި ބަނގްލަދޭޝް އަދި ސްރީލަންކާއެވެ.
އަންހެން ޓީމުތަކުން ވާދަކުރި މެޗުތަކުގެ ތެރެއިން ރާއްޖެއިން ސްރީލަންކާއާއި ދެކޮޅަށް ކުޅުނު މެޗު 3-1 ސެޓުން ކާމިޔާބުކުރީ ސްރީލަންކާއިންނެވެ. އިންޑިއާއި ރާއްޖެ ބައްދަލުކުރި މެޗު 3-0 ސެޓުން ކާމިޔާބުކުރީ އިންޑިއާއިންނެވެ. ރާއްޖެ އާއި ބަނގްލަދޭޝް ބައްދަލުކުރި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ރާއްޖެއިންނެވެ. ނޭޕާލް އާއި ރާއްޖެ ބައްދަލުކުރި މެޗު 3-0 ސެޓުން ކާމިޔާބުކުރީ ނޭޕާލުންނެވެ. ފިރިހެން ޓީމުތަކުން ވާދަ ކުރި މެޗުތަކުގެތެރެއިން ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުން 3-1 ސެޓުން ކާމިޔާބުކުރީ ރާއްޖެއިންނެވެ. އިންޑިއާއި ރާއްޖެ ބައްދަލުކުރި މެޗު 3-0 ސެޓުން ކާމިޔާބުކުރީ އިންޑިއާއިންނެވެ. ރާއްޖެ އާއި ބަނގްލަދޭޝް ބައްދަލުކުރި މެޗުން 3-2 ން ކާމިޔާބުކުރީ ބަނގްލަދޭޝްއިންނެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރި ފިރިހެން އެތުލީޓުންނަކީ މޫސާ މުންސިފް އަހުމަދު، މުހައްމަދު ޝައްފާން އިސްމާއިލް، އަޚްޔަރް އަހުމަދު ޚާލިދު އަދި މުހައްމަދު ޒީސްތް ނަސީމެވެ. އަންހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް އާއި އައިޝަތު އަލްސާ ނާފިޒެވެ. ވޯލްޑް ޗެމްޕިއަންޝިޕް 2026 އޮންނާނީ އަންނަ އަހަރު އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
