
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނިއުކާސަލް ޔުނައިޓެޑްގެ ފޯވަޑް އެލެކްޒެންޑަރ އިސާކް ހޯދުމަށް ލިވަޕޫލް އިން ކުރަމުންދާ މަސައްކަތް ހުއްޓާލަން ޖެހިދާނެ ކަމަށް ލިވަޕޫލް އިން ބުނެފި އެވެ. ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް އިން މިހެން ބުނެފައިވަނީ އިސާކް ހޯދުމަށް ލިވަޕޫލް އިން ހުށައެޅި 110 މިލިއަން ޕައުންޑުގެ ބިޑު ނިއުކާސަލް ޔުނައިޓެޑް އިން އަނބުރާ ފޮނުވާލުމުންނެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އިސާކް ވިއްކާލުމަށް ނިއުކާސަލް އިން ބޭނުންވާ އަދަދަކީ 150 މިލިއަން ޕައުންޑެވެ. އެހެންކަމުން އެ ޓީމުން ލިވަޕޫލްގެ ބިޑު އަނބުރާ ފޮނުވާލާފައިވަނީ އެ އަދަދު އިތުރު ކުރުވުމަށް ކަމަށް ވަނީ ބެލެވިފަ އެވެ.
ލިވަޕޫލް އިން އިސާކް ހޯދުމަށް ހުށައެޅި ބިޑު ނިއުކާސަލް އިން އަނބުރާ ފޮނުވާލާފައިވާއިރު އެ ކްލަބުން އޭޝިޔާ ކުރަމުންދާ ދަތުރުގައި އިސާކް ބައިވެރިވެފައެއް ނުވެއެވެ. އެންމެ ފުރަތަމަ ނިއުކާސަލް އިން ބުނެފައިވަނީ އިސާކް މި ދަތުރުގައި ބައިވެރިވެފައިނުވަނީ އޭނާއަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ފަހުން އިސާކް ވަނީ އޭނާގެ ކުރީގެ ކްލަބް ކަމުގައިވާ ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އާއިއެކު އެކަނި ފަރިތަކުރުންތައް ފަށާފަ އެވެ. 2022 ވަނަ އަހަރު ރެއާލް ސޮސިއެޑާޑް އިން 60 މިލިއަން ޕައުންޑުގެ ފީއަކަށް ނިއުކާސަލް ޔުނައިޓެޑް އާއި ގުޅުނު އިސާކް ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ 56 އަހަރަށްފަހު ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއް އެ ޓީމަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ނިއުކާސަލް އިން ވަނީ މިދިޔަ ސީޒަނުގައި އިނގިރޭސި ކަރަބާއޯ ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
މިދިޔަ ޖުލައި މަހު 130 މިލިއަން ޕައުންޑުގެ ހުށައެޅުމެއް ނިއުކާސަލް އަށް ހުށައަޅަން ލިވަޕޫލް އިން ތައްޔާރުވަމުންދިޔަ ކަމަށް މީޑިޔާގައި ރިޕޯޓް ކުރި ނަމަވެސް އޭރުވެސް ނިއުކާސަލް އިން ބުނެފައިވަނީ އިސާކް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ. ލިވަޕޫލް އިން ވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ފްލޯރިއަން ވާޓްޒް އާއި ހޫގޯ އެކިޓީކޭ އާއި މިލޯސް ކާކޭޒް އާއި ޖެރެމީ ފްރިމްޕޮންގ ފަދަ ކުޅުންތެރިންގެ ސޮއި ހޯދާފަ އެވެ. އެ ކްލަބުން މިހާރު ކުރިއަށްދާ ޓްރާންސްފަރ ވިންޑޯގައި ޖުމްލަ 265 މިލިއަން ޕައުންޑް ކުޅުންތެރިން ހޯދުމަށް ހޭދަކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
