
ސްރީލަންކާގައި އަންނަ ސެޕްޓެމްބަރު ބަހު ބާއްވަން ހަމަޖެއްސި ޓްރައި ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ހަމައެކަނި ގައުމަކަށް ރާއްޖެ ވެއްޖެ އެވެ. ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މުބާރާތުގައި ޔަގީނުން ވެސް ބައިވެރިވާ ހަމައެކަނި ގައުމަކީ ރާއްޖެ ކަމުގައިވީ ބޫޓާނަށް މުބާރާތުގައި ބައިވެރިވެވޭ ގޮތް ނުވުމުން ކަމަށެވެ. މި މުބާރާތަކީ މި އަހަރު ލަންކާގައި ބާއްވަން ނިންމި ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްވުމުން، އަދި ލަންކާގައި އެ މުބާރާތް ބޭއްވޭނެ ކަމުގެ ޔަގީންކަން ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އަށް ދެވޭ ގޮތް ނުވުމުން އިންތިޒާމް ކުރި މުބާރާތެކެވެ.
އެންމެ ފުރަތަމަ މި މުބާރާތް ބާއްވަން ވިސްނަމުން ދިޔައީ ސާކުގެ ހަތަރު ގައުމެއް ބައިވެރިކޮށްގެންނެވެ. ނަމަވެސް މި ދުވަސްވަރަކީ އިންޑިޔާ އާއި ބަނގްލަދޭޝް އަދި ނޭޕާލުގެ ލީގުގެ މުހިންމު ދުވަސްތަކަކަށް ވުމުން އެ ގައުމުތަކުން މުބާރާތް ކުޅެން ބޭނުމެއްނުވެ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި މި ގައުމުތަކަށް މެޗުތަކެއް ކުޅެން ހަމަޖެހިފައިވުންނެވެ. ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި މުބާރާތުގައި އެހެން ގައުމަކަށް ބައިވެރިވެވޭ ގޮތް ނުވުމުން އެންމެ ގާތް ގޮތަކީ ރާއްޖެ އާއި ލަންކާ އެކުވެރިކަމުގެ މެޗުތަކަށް ކުޅެން ހަމަޖެއްސުމެވެ. މި ގޮތުން ސެޕްޓެމްބަރު މަހުގެ 1 އާއި 9 އާ ދެމެދު އެކުވެރި ކަމުގެ ދެ މެޗެއް އިންތިޒާމް ކުރަން ލަންކާ ފުޓްބޯޅަ ފެޑަރޭޝަނުން ވިސްނަމުންދާ ކަމަށެވެ.
ރާއްޖެ އާއި ލަންކާ އަކީ ފުޓްބޯޅައުގައި ވަރަށް ވާދަވެރި ދެ ގައުމެވެ. މި ދެ ގައުމު އެންމެ ފަހުން ބައްދަލު ކުރި މެޗު ރާއްޖެ ކާމިޔާބު ކުރީ 1-0 އިންނެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ލަންކާގައި ބޭއްވޭގޮތް ނުވީ އެ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން މުބާރާތުގެ މައި ސްޕޮންސަރުން ބާރު އެޅުމުގެ ސަބަބުންނެވެ. އަދި ލަންކާގައި ސާކުގެ ހަތް ގައުމު ބައިވެރިކޮށްގެން މުބާރާތް ބޭއްވޭނެ ރަނގަޅު ފެންވަރުގެ ވަސީލަތްތައް ނެތް ކަމަށް އިންޑިޔާގަ ފަދަ ގައުމުތަކުން ބުނަން ފެށުމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
