
އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ 20 ޓީމުގެ އަދަދު 18 އަށް މަދު ނުކުރާނެ ކަމަށް ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް ރިޗަރޑް މާސްޓަރސް ބުނެފި އެވެ. ރިޗަރޑް މާސްޓަރސް މިހެން ބުނެފައިވަނީ ފީފާ ކްލަބް ވޯލްޑް ކަޕަށް އަލަށް ގެނެވުނު ބަދަލާއިއެކު ގިނަ މެޗުތަކެއް ކައިރި ކައިރީގައި ކުޅެން ޖެހުމާއި ގުޅިގެން ފީފާ އިން ވަރުގަދަ ލީގުތަކުގައި ވާދަކުރާ ޓީމުތަކުގެ އަދަދު މަދު ކުރުމަކީ އެކަމަށް އޮތް ހައްލެއް ކަމަށް ބުނުމާއި ގުޅިގެންނެވެ. ޕްރިމިއާ ލީގުގެ ކުޅުން މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެފައިވާއިރު މިއީ ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިލަން މެޗު ކުޅުނުތާ ތިން ހަފުތާ ފަހެވެ. ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ޗެލްސީ އެވެ.
އަދި އަންނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާއިއެކު ކުރިއަށް އޮތް ސީޒަނަކީ ވެސް ކައިރި ކައިރީގައި ގިނަ މެޗުތަކެއް ޓީމު ތަކުން ކުޅެން ޖެހޭނެ ސީޒަނެކެވެ. މެންޗެސްޓަރ ސިޓީގެ މިޑްފީލްޑާރ ރޮޑްރީ މިދިޔަ އަހަރު ބުނެފައިވަނީ ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅުމާއި ދެކޮޅަށް ކުޅުންތެރިން އިހުތިޖާޖު ކުރުމަކީ އޮތް ކަމެއް ކަމަށެވެ. ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ފްރާންސްގެ ލީގުން ވަނީ 24-2023 ވަނަ އަހަރުގެ ސީޒަނަށް ލީގުގެ ވާދަކުރާ 20 ޓީމުގެ އަދަދު 18 އަށް މަދުކޮށްފަ އެވެ.
ރިޗަރޑް މާސްޓަރސް ބުނެފައިވަނީ އޭނާ އަކީ އަބަދުވެސް ކުޅުންތެރިންނާއި ކްލަބްތަކަށް ވާދަވެރި ގިނަ މުބާރާތްތަކެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދަދޭން މަސައްކަތް ކުރާނެ މީހެއް ކަމަށެވެ. “އަހަރެން އަބަދުވެސް އެދެން ގިނަ ކްލަބްތަކަކަށް ވާދަވެރި ގިނަ މުބާރާތްތަކެއް ލިބުން. ނަމަވެސް އެ ކަމަކީ އަހަރުމެންގެ ޑޮމެސްޓިކް ލީގަށް ބަދަލުގެނެސްގެން ކުރަން ޖެހޭނެ ކަމެއް ކަމަށް އަހަރެން ގަބޫލެއް ނުކުރަން.” ރިޗަރޑް ބުންޏެވެ. މިދިޔަ ސީޒަނުގައިވެސް ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމާއި ގުޅިގެން ގިނަ ކުޅުންތެރިންތަކަކަށް ވަނީ އަނިޔާގެ މައްސަލަ އާއި ކުރިމަތިލާން ޖެހިފަ އެވެ. އަދި އެ ކަމާއި ދެކޮޅަށް ގިނަ ކްލަބްތަކެއް ކޯޗުންގެ އިތުރުން ކުޅުންތެރިންގެ ހިމާޔަތުގައި މަސައްކަތް ކުރާ ފިފްޕްރޯ އިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރިޗަރޑް އިތުރަށް ބުނެފައިވަނީ ފީފާ އިން މިފަދަ ބަދަލުތަކެއް ގެނައުމުގެ ކުރިން ކަމާއި ގުޅުން ހުރި ފަރާތްތަކާއިއެކު މަޝްވަރާކޮށް މި ކަމަށް ދާއިމީ ހައްލެއް ހޯދޭނެ ކަމަށާއި ނަމަވެސް އެފަދަ ކަމެއް އެގޮތަށް ކުރިއަށް ނުދާ ކަމީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. 1994 ވަނަ އަހަރުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ޖުމްލަ 20 ޓީމު ވާދަކުރާއިރު ސީޒަނެއްގައި ޕްރިމިއާ ލީގުގައި ޖުމްލަ 380 މެޗު ކުޅެ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
