
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އައު ރައީސް އަކު އިންތިހާބުކޮށް ހިންގާ ކޮމިޓީ އިންތިހާބުކުރެވުމަކީ އުފާވެރިކަމެއް ކަމަށާއި، މިއީ ރާއްޖޭގެ ފުޓްބޯޅައަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފީފާއިން ބުނެފިއެވެ. ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ފީފާގެ ހެޑް އޮފް ގަވަނަންސް ރޮއުފް ޓަނަރ ވިދާޅުވީ މިއީ ޓީމާއި އެކު އައު ފެށުމެއް ކަމަށާއި، ގޮންޖެހުންތައް ހުރިނަމަވެސް މިއީ އުފާވެރި ފެށުމެއް ކަމަށާއި އައު ޓީމަށް ކުލަބުތަކުން ދިން ވޯޓަކީ އެ ޓީމަށް ސަޕޯޓު އޮތް މިންވަރު ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. “ވޯޓުން ހާމަވެގެންދިޔައީ އައު ޓީމަށް ކުލަބުތަކުގެ ތާއީދުއޮތް މިންވަރު. މިއީ ވަރަށް ރަނގަޅު ފެށުމެއް. އަލުން ފެށުމެއް ރާއްޖޭގެ ފުޓްބޯޅައަށް” ޓަނަރ ވިދާޅުވިއެވެ.
ފީފާއިން އެފްއޭއެމަށް އައްޔަނުކުރި ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތްތައް ފަށައިގަތީ ވަރަށް އުނދަގޫ ހާލާތެއްގައި ނަމަވެސް ނޯމަލައިޒޭޝަންގެ މަސައްކަތްތައް ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށާއި ދީފައިވާ މުއްދަތުގެ ތެރޭގައި ނިންމަން ޖެހޭ މެންޑޭޓް ނިންމި ކަމަށް ޓަނަރ ވިދާޅުވިއެވެ. އަދި އެފްއޭއެމަށް ނުހަނު ބޭނުންވެފައި އޮތް އިލެކްޓޯރަލް ކޯޑު ފާސްކޮށް ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމްގެ އިންތިހާބު ބޭއްވޭގޮތަށް ކަންކަން ފަހިކޮށްދިންކަން ފާހަގަކޮށް މިދިޔަ މަހު ހިންގާގަވައިދަށް ގެނައި ބަދަލުތައްވެސް މުހިންމު ކަމަށާއި، އެ ކޮމިޓީގެ މަސައްކަތްތަކާއި މެދު ފީފާއިން ވަރަށް ހިތްހަމަ ޖެހޭ ކަމަށްވެސް ޓަނަރ ވިދާޅުވިއެވެ.
އެފްއޭއެމްގެ އައު ހިންގާ ކޮމިޓީއާއި އެކު އެފްއޭއެމް ހިންގުމަށް އައު ރައީސް އާއި ހިންގާ ކޮމިޓީއަށް ފީފާއިން އެހީތެރިވެދޭނެ ކަމަށާއި، އައި ލީޑަރޝިޕަށް ޕީފާއިން ވެދެވެން އޮތް ހުރިހާ އެހީތެރިކަމާއި އެއްބާރުލުމެއް ދެއްވާނެ ކަމަށް ޓަނަރ ވިދާޅުވިއެވެ. އައު ލީޑަރޝީޕާއިމެދު ފީފާއިން ކުރާ އުންމީދަކީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްޤީވެގެންދިއުން ކަމަށް ފީފާގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޒުވާން ހުނަރުވެރި ކުޅުންތެރިން ބޭނުން ކުރަންޖެހޭ ގޮތަށް އަދިވެސް ބޭނުން ނުކުރެވި ހުރި ދިމަދިމާ ފާހަގަކުރެވޭ ކަމަށާއި، އައު ލީޑަރޝިޕުން އެކަންކަމަށް ފޯކަސްކޮށް ފުޓްބޯޅަ ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ފީފާއިން އުންމީދު ކުރާ ކަމަށް ޓަނަރ ވިދާޅުވިއެވެ.
އެފްއޭއެމްގެ އިންތިހާބު ބާއްވަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރުމުންވެސް އިޖުރާއަތްތައް ފުރިހަމަ ނުވާކަމަށްބުނެ ފީފާއިން އޮތީ އިންތިހާބު ހުއްޓުވާފައެވެ. މި ފަހަރު އިންތިހާބު ބޭއްވީ ޖޫންމަހު އެފްއޭއެމްގެ ހިންގާ ގަވާއިދަށް ބަދަލުގެނެސްގެންނެވެ. އެފްއޭއެމްގެ ހުރިހާ މެންބަރު ކުލަބުތަކުގެ ތާއީދާއެކު އައު ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤް (ޓޮމް) އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
