
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށް ނިންމާފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކްތަކުގެ ތެރެއިން ފުރަތަމަ ކްލިނިކް އޮގަސްޓްމަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. މިއީ މާލޭ ސަރަޙައްދުގައި ސަރުކާރުގެ މައި ހޮސްޕިޓަލްތަކަށް އާންމު ބަލިތަކަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ ކިޔޫ ކުޑަކުރުމަށްޓަކައި ޤާއިމުކުރާ ކްލިނިކްތަކެކެވެ. މާލޭގައި މި ކްލިނިކްތައް ޤާއިމްކުރުމަށް ނިންމާފައިވަނީ މާލޭގެ 4 ސަރަޙައްދެއްގެ އިތުރުން ހުޅުމާލޭގެ އިތުރު 2 ތަނެއްގައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށް ނިންމި ޖެނެރަލް ޕްރެކްޓިސް ކްލިނިކްތަކުގެ ތެރެއިން ފުރަތަމަ ކްލިނިކްގެ މި ފެށޭ މަހު ހުޅުވާ ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިތަން ތަރައްޤީކުރަނީ މާފަންނުގައި ހުންނަ ކޮރެލް ބޮލެވާޑް އިމާރާތުގައެވެ. އަދި މާލޭގައި އިތުރު 3 ޖީޕީ ކްލިނިކް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާކާމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައިވެސް މިފަދަ ތަންތަން ތަރައްޤީކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ ސީއީއޯ ވިދާޅުވީ ހުޅުމާލޭގައި ޤާއިމްކުރާ 2 ޖީޕީ ކްލިންގެ އަމަލީ މަސައްކަތްވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފެށޭނެކަމަށެވެ. ޖިޕީ ކްލިނިކްތަކުން ލޭގެ ޓެސްޓްހަދަން ސާމްޕަލް ނެގުމާއި އެކްސްރޭ ނެގުންފަދަ ފުރަތަމަ މަރުހަލާގައި ކުރެވޭ މުހިއްމުކަންކަން ކުރެވޭނެކަން ސއީއޯ ފާހަގަކުރެއްވިއެވެ. އަދި ބަލިމީހާގެ ސީރިއަސްކަމެއް ނެތްނަމަ ޖީޕީ ކްލިނިކްތަކުން ބޭސްދިނުން ފަދަ ކަންކަން ކުރިއަށްގެންދާނެކަމަށާއި ސްޕެޝަލިސްޓަކަށް ދައްކަން ޖެހޭނަމަ ޖީޕީ ކްލިނިކްތަކުން އެޕޮއިންޓްމަންޓް ހަދައިދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާލޭގެ 4 ސަރަޙައްދެއްގައި ޖީޕީ ކްލިނިކްތައް ޤާއިމްކުރުމުން މިހާރު ދަމަނަވެށިން ފޯރުކޮށްދޭ ޚިދުމަތްތައްވެސް އެތަންތަނުން ލިބޭނެކަމަށް ވިދާޅުވިއެވެ.
“އާދައިގެ ބައްޔެއްގައިވެސް އީއާރްއަށް އައިސް އެތަނުގައި މަޑުކުރަން އެބަޖެހޭ. މީގެ ސަބަބުން އީއާރްގައި އިންނަ މީހާއަށްވެސް އަވަހަށް ޚިދުމަތް ދިނުމުގައި މައްސަލަތެއް ދިމާވޭ. އެއަށް ހައްލުތަކެއް އެބަލިބޭ ޖީޕީ ކްލިނިކް އައީމަ. ދެވަނަ ކަމަކީ އަމިއްލަ ރިފަރަލްއެއްގައި ޑޮކްޓަރަށް މި ދައްކަނީ، ދައްކާއިރު އެޕައޮންޓްމަންޓް މި ހެއްދެނީ ދައްކަން ޖެހޭ ސްޕެޝަލިސްޓްއަކަށް ނޫން. ދިގު ލިސްޓެއް އޮތީމަ ޕްރައިވެޓް ކްލިނިކްއަކަށް ގޮސް ޚިދުމަތް ހޯދީމަ އަމިއްލަ ޖީބުންވެސް އެބަދޭ.” މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޚިދުމަތްދެމުންދާ ގޮތަކީ އާދައިގެ ކުދި ކުދި ބަލިތަކާއި އާއްމު ރޯގާތަކަށް ފުރަތަމަ މައި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ފެމެލީ ކްލިނިކަކުން ނުވަތަ ކައިރި ހެލްތު ފެސިލިޓީއަކުން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުމެވެ. މި އުސޫލުން ޚިދުމަތްދޭން ފެށުމުން ފަރުވާ ހޯދުމުގައާއި ފަރުވާ ދިނުމުގައި ފަސޭހަ އަވަސް ޚިދުމަތެއް ބަލިމީހާއަށް ލިބިގެންދިއުމުގެ އިތުރުން ހޮސްޕިޓަލް ބާރުކުޑަވެފައި އެމަޖެންސީ ޚިދުމަތްތާއި، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކިއުތަކަށް ވަރަށް ބޮޑަށް ލުއި ލިބޭނެކަމަށްވެސްމެއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރަށް އަތޮޅުތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު އައިޖީއެމްއެޗްއަށް ޑޮކްޓަރަށް ދެއްކުމަށްދެއެވެ. އެހެންކަމުން އެ ހޮސްޕިޓަލަކީ އެންމެ ބާރު ބޮޑު ހޮސްޕިޓަލެވެ. އަޖީއެމްއެޗްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އިމަޖެންސީއާއި ޖެނެރަލް ޕްރެކްޓިސް ނުވަތަ އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް މީހުން ޒިޔާރަތްކޮށްފައިވާ އަދަދު އަހަރަކު 150،000 އަށްވުރެ މައްޗެވެ. އަދި އޯޕީޑީ ކޮންސަލްޓޭޝާންގެ ހިދުމަތް ހޯދުމަށް މީހުން ޒިޔާރަތްކޮށްފައިވާ އަދަދު އުޅެނީ 240،000އަށް އަރާއިރު ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް 238،000 އަށްވުރެ މަތީގައިއުޅެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
