
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދައުލަތުގެ އިދާރާތަކުން އަންނަ މެދުރާސްތާގައި ލަފާ ކުރާ ބަޖެޓު ތައްޔާރުކޮށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއަށް އަންނަ މަހުގެ 28 ގެ ކުރިން ހުށެހެޅުމަށް ހުޅުވާލައިފިއެވެ. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 4 ވަނަ ބާބުގެ ދަށުން، މާލީ ވުޒާރާއިން ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ. މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ސޮއިކުރައްވައި ނެރުއްވާފައިވާ ސަރކިއުލާތަކުގައި ވަނީ 2026 އިން 2028 ވަނަ އަހަރަށް ލަފާކުރާ ބޭސްލައިން ބަޖެޓާއި، އައު މަޝްރޫޢުތަކުގެ ބަޖެޓުގެ އިތުރުން ކައުންސިލްތަކަށް ލަފާ ކުރެވޭ ބަޖެޓު ހުށަހެޅުމަށް ހުޅުވާލާފައެވެ.
މާލީ ވުޒާރާއިން ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ތެރެއިން އެކި އިދާރާތަކުން 2026 އިން 2028 އަށް ލަފާ ކުރާ މެދުރާސްތާގެ ބަޖެޓު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މާލީ ވުޒާރާއިން ބަޖެޓު ތައްޔާރުކޮށް ހުށަހެޅުމަށް ވަކި 3 ސާކިއުލައެއް ވަނީ ނެރެފައެވެ. އެގޮތުން 2026 އިން 2028 ލަފާ ކުރާ މެދުރާސްތާގެ ބަޖެޓުގައި ހިމަނާ އައު ހަރަކާތްތަކާއި މަޝްރޫޢުތައް ވާންވަނީ މި މުއްދަތުގައި ހިންގާނެ މަޝްރޫޢުތަކަކަށް ކަމަކަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. މި ބައިގެ ބަޖެޓު ހުށަހަޅާއިރު މި މަޝްރޫޢުތަކަކީ އޭގެ ސަބަބުން އިޤްތިޞާދީގޮތުން ނުވަތަ އިޖްތިމާޢީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ކުރާ ނަފާ ހިމަނަން ވާނެ ކަމަށް ސާކިއުލާގައި ބަޔާންކުރެއެވެ. މީގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންކަންވެސް ހުށަހެޅުމަށް ސާކިއުލާގައި ވަނީ އަންގާފައެވެ.

އައު މަޝްރޫޢުތަކަށް ލަފާ ކުރާ ބަޖެޓުގެ އިތުރުން އިދާރާތަކުން މިހާރު ހިންގަމުންދާ މަޝްރޫޢުތަކާއި ހަރަކާތްތަކަށް މިހާރު ކުރިއަށް ގެންދާ ފެންވަރު ނުވަތަ ސްކޯޕުގައި ކުރިއަށް ގެންދިއުމަށްޓަކައި ހިނގާނެކަމަށް ލަފާކުރެވޭ ޚަރަދަތުކުގެ މައްޗަށް އެކުލެވޭ ބޭސްލައިން ބަޖެޓު ހުށަހެޅުމަށްވެސް ވަނީ އަންގާފައެވެ. މި ބަޖެޓު ހުށަހަޅާއިރު އިދާރާތަކުގެ މުސާރައާ ހިންގުމުގެ ޚަރަދުތަކުގެ ތަފްސީލް އިތުރު މައުލޫމާތުގެ ގޮތުގައި ފޮނުވުމަށް އަންގާފައިވެއެވެ. ދައުލަތުގެ އިދާރާތަކުން އައު ހަރަކާތްތަކާއި މަޝްރޫތަކުގެ ތަފްސީލު އަދި އަދި ބޭސްލައި ބަޖެޓުގެ ތަފްސީލުތައް ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 28 ކުރިންނެވެ.
މީގެ އިތުރުން ކައުންސިލްތަކުން މެދު ރާސްތާ ބަޖެޓު ތައްޔާރުކޮށް ހުށަހެޅުމަށް މާލީ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މިއީ ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކައުންސިލްތަކުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ބަޖެޓެކެވެ.
ކައުންސިލްތަކުން ހުށަހަޅަން ޖެހޭ ބަޖެޓް ތަފްސީލްތައް:
• ދައުލަތުގެ ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ
• ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ
• ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް
• ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ

މާލީ ވުޒާރާއިން ކައުންސިލްތަކަށް ހާއްސަކޮށްގެން ފޮނުވާފައިވާ ސާކިއުލާގައި ވާގޮތުން ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓު ތަފްސީލަތައް މާލީ ވުޒާރާއާއި މިއަންނަ ސެޕްޓެމްބަރު މަހުގެ 18 ގެ ކުރިން ހިއްސާ ކުރަން ޖެހޭނެއެވެ. މާލީ ވުޒާރާއިން މިހާރު ބަޖެޓުގެ މަސައްކަތް ކުރުމަށް އެކުލާވާލާފައިވާ ޓައިމްލައިންގައި ވާ ގޮތުން ޖުމްލަ ބަޖެޓަށް ރުހުން ހޯދުމަށް ވަޒީރުންގެ މަޖީލީހަށް 19 އޮކްޓޯބަރ 23 އޮކްޓޯބަރ ދެމެދު ހުށަހަޅާނެއެވެ. އަދި ބަޖެޓު އޮކްޓޯބަރ 30 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
