
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާލޭ އުތުރުފަރާތު ބަނދަރުގެ މަސްމާރުކޭޓާއި ހަމައަށް އޮތް ސަރަހައްދު ތަރުތީބުކޮށް، އެ ސަރަޙައްދުގައި 99 އުޅަނދު އަޅާނެ ޖާގަ ތަނަވަސްކޮށްފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ވިދާޅުވެއްޖެއެވެ. އެ ސަރަހައްދު ހިންގައި ބެލެހެއްޓުމަށް އެމްޕީއެލާ ހަވާލުކޮށްފައިވަނީ ޖުލައި މަހުގެ ކުރީކޮޅުއެވެ. މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް މިހާތަނަށް ބަލަހައްޓަމުން އައިސްފައިވަނީ މާލެ ސިޓީ ކައުންސިލުންނެވެ. ނަމަވެސް އެ ސަރަހައްދު ހިމެނޭހެން މިހާރު މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު ސަރަހައްދު ބަލަހައްޓަމުން ދަނީ އެމްޕީއެލުންނެވެ.
އެ ސަރަހައްދު ތަރައްޤީކޮށް ވަކި އިންތިޒާމުތަކެއްގެ ތެރެއިން އަންނަ މަހުން ފެށިގެން ޚިދުމަތް ދޭން ފަށާނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. ޓީވީއެމްއެގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ނޯތު ހާބަރު ހިންގުމާއި ހަވާލުވެ ހުންނެވި އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަހުމަދު ހަމްދުﷲ ރަޝީދު ވިދާޅުވީ ނޯތު ހާބަރުގެ ކީވޯލުން މީގެ ކުރިން ޖާގަ ދެވެނީ 32 ނުވަތަ 34 އުޅަނދަށް ކަމަށެވެ. އެހެންކަމުން އެފަޅުގެ ޖާގަ ބޮޑު ކުރެވެން ނެތް ނަމަވެސް އިންތިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމަށް މިހާރު ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“މުޅި ބަނދަރު ލިބުމާއެކު ޖުމްލަ ގާތްގަނޑަކަށް 99 އުޅަނދު ފަޅުތެރޭގައި ހަރަކާތްތެރިވެވޭ ގޮތަށް މިއޮތީ. 25 އުޅަނދު ވެއިޓިންގައި ބާއްވާފައި، މުދަލާއި ފަސިންޖަރުން އުފުލާ 54 އުޅަނދަށް ޖާގަ ދެވޭނެ. އަދި މަސްވެރިކަން ކުރާ އުޅަނދަށް 20 ޖާގަ އޮންނާނެ. މަސްބާނައިގެން އައިސް މަސް ބާލާފައި ނިކުމެވޭ ގޮތަށް ހުރަސް ތޮށި އޮންނާނީ ހުޅުވާލާފައި” ހަމްދުﷲ ރަޝީދު ވިދާޅުވިއެވެ. މިހާރު ނޯތު ހާބަރުން މަހެއްގެ މައްޗަށް 130 އެއްހައި ބޯޓު ޚިދުމަތް ހޯދައެވެ. ޖުމްލަކޮށް މީގެ ކުރިން ޚިދުމަތް ހޯދުމަށް އަންނަ ބޯޓުތަކުން ނޯތު ހާބަރު ކީވޯލުން ޖާގަ ހޯދަން 5 ވަރަކަށް ދުވަސް ނަގާކަމަށް އެމްޕީއެލުން ވިދާޅުވިއެވެ. ނަމަވެސް މި ބަދަލާއެކު، އިންތިޒާމުތައް ރޭވިފައި ހުރި ގޮތުން ބަނދަރުން 1 ދުވަސް ނުނީ 2 ދުވަސް ތެރޭ ޖާގަ ލިބޭނެކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މީގެ އިތުރުން ޒޯންތަކަކަށް ބަހާލައިގެން ބަނދަރުން ޚިދުމަތް ދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އަދި 14 އަހަރު ވެފައިވާ މާލެ އުތުރުފަރާތު ބަނދަރުގެ މަރާމާތު މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ. ” އަޅުގަނޑުމެން މިހާރު މަސައްކަތް ފަށައިފިން ތިލަފުށީގައި އެއީ ފަސް ފޫޓު ފަސް ފޫޓު ދޮޅު ފޫޓު ބޯމިން ކޮންކްރީޓް ބުޑެއް. ގާތްގަނޑަކަށް 5 ވަރަކަށް ޓަން ކޮންމެ ބުޑެއްގައި އުޅޭނެ. އޭގެ ދިހަ ބުޑު ފަޅު މެދުގައި ވަޅުލާފައި ޗެއިންކޮށް ގުޅާލަނީ. އެއިރު އޮޑި ދޯނި ފަހަރަށް ބޯސާ ފައްތިޔަލަކަށް ބޭނުން ކުރެވޭނެ.” ހަމްދުﷲ ރަޝީދު ވިދާޅުވިއެވެ.
މާލޭ ނޯތު ހާބަރަކީ ކޮންމެ ދުވަހަކު އެތައް އުޅަނދުފަހަރެއް މުދާ އަރުވާ ބާލާ، މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދެވެ. އެމްޕީއެލުން މަސައްކަތް ކުރަމުންދަނީ ނޯތު ހާބަރުން ފަަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ ގޮތް އިންތިޒާމުކުރުމަށެވެ. އެގޮތުން ފެނާއި ތެޔޮ ލިބޭނެގޮތާއި އިތުރު ސްޓޯރޭޖް ފެސިލިޓީތައް ނޯތު ހާބަރުގައި ހެދުމަށް އެމްޕީއެލްއިން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އިތުރުވި ބައިގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކެމެރާ ހަރުކޮށް ޗެކްޕޯސްޓުތައް ބަހައްޓާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
