
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސިންގަޕޫރަށް ނިރުބަވެރި ޙަމަލާއެއް ދިނުމުގެ ނުރައްކާ އަދިވެސް ބޮޑު ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ. ސިންގަޕޫރުގެ ދާޚިލީ ވުޒާރާއިން ނެރުނު ރިޕޯޓެއްގައި ބުނީ ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދެމުންދާއިރު، އެ ޢުދުވާނުގެ އަސަރު މުޅި ދުނިޔެއަށް ކޮށްފައިވާ ކަމަށެވެ. އަދި ހައްދުފަހަނައަޅާފައިވާ ފިކުރުތައް އަދިވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށެވެ. މި ސަބަބުތަކާހުރެ ނިރުބަވެރިކަމުގެ ނުރައްކާ އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ސިންގަޕޫރާ ދެކޮޅަށް މިހާރުން މިހާރަށް ޙަމަލާއެއް ދޭން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައި ނުވި ނަމަވެސް، އެ ޤައުމުގެ ދާޚިލީ ވުޒާރާއިން ބުނީ ޣައްޒާ ޢުދުވާން ބޭނުންކޮށް އައިއެސް ޖަމާޢަތުން ފައިދާތަކެއް ހާޞިލްކުުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މި ޙާލަތުގައި އަނިޔާވެރިކަން އިސްކުރުމަށް އެ ޖަމާޢަތުން ހިތްވަރުދެމުންދާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާ ޢުދުވާން ފެށިފަހުން، ސިންގަޕޫރުގެ ހަ ރައްޔިތެއް ހައްދުފަހަނައެޅި ފިކުރުތަކަށް ތާއީދުކޮށް، ހަތިޔާރު ބޭނުންކޮށްގެން ދެމުންދާ ޙަމަލާތަކުގައި ބައިވެރިވުމަށް ތައްޔާރުވަމުން ދިޔަ ކަމަށް ރިޕޯޓުގައި ބުނެއެވެ. ސިންގަޕޫރާއި އެ ޤައުމުގެ މަސްަލަހަތު ހިމެނޭ ކަންތައްތަކަކީ ނިރުބަވެރިންނާއި ހައްދުފަހަނަ އެޅި މީހުން ޝައުޤުވެރިވާ ކަންތައްތަކެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އޭގެ މައިގަނޑު ސަބަބަކީ ސިންގަޕޫރާއި ހުޅަނގުގެ ޤައުމުތަކާއި ޔަހޫދީންނާ ދެމެދު އޮންނަ ގާތް ގުޅުމާއި، ސިންގަޕޫރުގައި މަޝްހޫރު ބިނާތައް ހުރުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ސިންގަޕޫރަކީ ދީނީ މިނިވަންކަން އޮންނަ ޤައުމުގެއްގެ ގޮތުގައި އޮންނަ އޮތުމާއި ތަފާތު ގިނަ ސަޤާފަތްތަކަށް ނިޞްބަތްވާ މީހުން ދިރިއުޅޭ ޤައުމެއް ކަމަށް އެ ޤައުމު ވުމަކީ ވެސް ނިރުބަވެރިކަމަށް މަގުފަހިވާ ސަބަބެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ސިންގަޕޫރުގެ ދާޚިލީ ވުޒާރާއިން އިތުރަށް ބުނީ އިންޓަނެޓުގެ ސަބަބުން ވެސް ހައްދުފަހަނައަޅާފައިވާ ފިކުރުތަކަށް މީހުން ހުށަހެޅެމުންދާ ކަމަށާއި، ޒުވާނުން މި ފަދަ ފިކުރުތަކަށް ލެނބެމުންދާ ކަަމަށެވެ. 2015ވަނަ އަހަރުން ފެށިގެން ސިންގަޕޫރުން ވަނީ އުމުރުން 20 އަހަރުގެ 17 ޒުވާނަކާ ދެކޮޅަށް އެ ޤައުމުގެ ދާޚިލީ ސަލާމަތާ ބެހޭ ޤާނޫނު ބޭނުންކޮށްފައެވެ. އެ ޤާނޫނު އެންމެ ފަހުން ބޭނުންކޮށްފައި ވަނީ ފުރާވަރުގެ ދެ ކުދިންނާ ދެކޮޅަށެވެ. އެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކީ މިސްކިތަކަށް ޙަމަލާ ދިނުމަށް ރޭވި ކުއްޖެކެވެ. ދެވަނަ ކުއްޖާއަކީ އައިއެސް ޖަމާޢަތަށް ގުޅުމަށް ރާވަމުންދިޔަ ކުއްޖެކެވެ. އެ ޤާނޫނުގެ ދަށުން ޝަރީޢަތް ކުރުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ތުހުމަތުކުރެވޭ މީހުން ބަންދުކޮށްފައި ބެހެއްޓުމުގެ ފުރުޞަތު ލިބެއެވެ. ދަތުރުކުރުމާއި އިންޓަނެޓު ބޭނުންކުރުން ހަނި ކުރުމަށް ވެސް އެ ޤާނޫނުގެ ދަށުން އަމުރުކުރެއެވެ. ރިޕޯޓުގައި އިތުރަށް ބުނީ މަސްނޫއީ ތޫނުފިލިކަން ނުވަތަ އޭއައިއަކީ ވެސް ނިރުބަވެރިކަމަށް މަގުފަހިކޮށްދޭ މެދުވެރިއެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
