
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ސޫސިއްޔަގެ ރައްޔިތުން އެ މީހުންގެ ދިރިއުޅެމުންދިޔަ ދަތި ޙާލަތު އިތުރަށް ގޯސްވެދާނެ ކަމަކަށް ހިތަކަށް ނާރައެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން ދިޔައީ ސޫސިއްޔަގެ ރައްޔިތުންނަށް ތަކުރާރުކޮށް ޙަމަލާތައް ދެމުންނެވެ. އެ މީހުންގެ ޒައިތޫނި ދަނޑުކަަށް ވެސް ޔަހޫދީ ވަޒަންވެރިން ދިޔައީ ޤަވާއިދުން ގެެއްލުން ދެމުންނެވެ. ނަމަވެސް ސޫސިއްޔަގެ ރައްޔިތުންގެ ޙާލަތު އަނެއްކާ ވެސް އިތުރަށް ގޯސްވީ، ވަޅިއާއި އެހެނިހެން ހަތިޔާރު ގެންގުޅޭ ޔަހޫދީ ވަޒަންވެރިން، ސޫސިއްޔަގެ ރައްޔިތުންނަށް ފެން ލިބޭނެ މަގުތައް ބަންދުކުރުމަށް ނިކުތުމުންނެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިން ދެމުންދާ ޙަމަލާތައް ވެސް އިތުރުވެފައިވާ ކަމަށް އެ ސަހަރުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ފާހަގަކުރެއެވެ. ހުޅަނގު އައްސޭރީގައި ޙަރަކާތްތެރިވާ ފަލަސްޠީނުގެ އިދާރާތަކުން ބުނީ ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް ދުއްތުރާކުރަމުން ދަނީ ރައްޔިތުންގެ އަމިއްލަ ވަޒަނާއި ބިންތަކުން އެ މީހުން ފައްސާލައި، އެ ބިންތައް ފޭރިގަތުމުގެ ބޭނުމުގައި ކަމަށެވެ. ސޫސިއްޔަގެ ރައްޔިތެއް ކަމަށްވާ އުމުރުން 67 އަހަރުގެ މޫސާ މުޣްނަމް ބުނީ ޔަހޫދީން ބޭނުންވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ފެން ލިބޭނެ މަގުތައް ބަންދުކުރުމަށް ކަމަށެވެ. އެ އަވަށުގެ ކަރަންޓު ނަރުތައް ވެސް ޔަހޫދީ ވަޒަންވެރިން ބުރިކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
މި ފަދަ ޢަމަލުތައް ކުރުމަށް ޔަހޫދީ ވަޒަންވެރިންނަށް ހިތްވަރު ލިބެނީ ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ ވަޒީރުންގެ ފަރާތުން ލިބޭ ތާއީދުގެ ސަބަބުންނެވެ. ސަރުކާރުގެ ފަރާތުން ހިތްވަރު ލިބޭތީ، ޔަހޫދީ ވަޒަަންވެރިން ދަނީ ފަލަސްޠީނުގެ ދަނޑުވެރިންނަށް ޙަމަލާދީ، އެ މީހުންގެ ގަސްތައް ކަނޑައި، ޒައިތޫނި ދަނޑުތަކުގައި ހުޅުޖަހަމުންނެވެ. ސޫސިއްޔަ އަވަށުގެ ކައުންސިލްގެ އިސްވެރިޔާ، ޖިހާދު އަލް-ނަވަޖާ ވިދާޅުވީ އެ އަވަށަށް ފެން ލިބުން މިހާރު އިންތިހާއަށް ދަތިވެފައިވާ ކަމަށެވެ. އެ އަވަށަށް ފެން ނުލިބޭނަމަ އެ އަވަށުގެ ރައްޔިތުންނަށް ދިރިނުތިބެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނަށް ފެން ލިބުމަށް ދަތިކުރަނީ، އެ އަވަށުގެ މީހުން އެ އަވަށް ދޫކޮށް ދިޔުމަށް މަޖުބޫރު ކުރުވުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނަކީ ޒަމާނުުއްސުރެ ޒައިތޫނި ދަނޑުތައް ހައްދާ ބައެކެވެ. ޒައިތޫނިއަކީ ފަލަސްޠީނުގެ ޤައުމީވަންތަކަން ރަމްޒުކޮށްދޭ ޚާއްޞަ ނިޝާނެކެވެ. ނަޖާހު މުޣްނަމް ފަދަ ސޫސިއްޔަގެ ބައެެއް ރައްޔިތުން ބުނީ ޔަހޫދީން ކިތަންމެ ގިނަ ދުއްތުރާތަކެއް ސޫސިއްޔަގެ ރައްޔިތުންނަށް ކުރި ނަމަވެސް އަމިއްަލަ ބިންތަކާއި ޒައިތޫނި ދަނޑުތައް ދޫކޮށް އަވަށުގެ ރައްޔިތުން ނުދާނެ ކަމަށެވެ. ދަނޑުތަކުގައި ހުޅު ޖަހައި ގަސްތައް ކަނޑައި ގެއްލުން ދިނަސް، ރައްޔިރުން އަވަށް ދޫކޮށް ނުދާނެ ކަމަށް އޭނާ ބުނެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޔަހޫދީ ވަޒަންވެރިން ސޫސިއްޔައަށް 54 ޙަމަލާ ދީފައިވާ ކަމަށް އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާއަކުން ވަނީ ފާހަގަކޮށްފައެވެ. ސޫސިއްޔަގެ ރައްޔިތެއް ކަމަށްވާ ފައުޒީއްޔާ އަލްނަވާޖާ ބުނީ އެ އަވަށުގެ ރައްޔިތުން ދިރިއުޅެމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ކަންބޮޑުވުންތަކުގެ ސަބަބުން ހަމަނިދި ނުނިދޭ ކަމަށެވެ.
ސޫސިއްޔަގެ ރައްޔިތުންނަށް އެ އަވަށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޔަހޫދީން ދެމުންދާތާ އެތައް ޒަމާނެއް ވަނީ ވެފައެވެ. އެފަދަ އިންޒާރުތައް ދިނުމުން ސޫސިއްޔަގެ ރައްޔިތުން އަވަށް ދޫކޮށް ދިޔުމުގެ ބަދަލުގައި ހޮހޮޅަތަކުގައި ދިރިއުޅުނު ދުވަސްވަރެއް ވެސް ދިޔައެވެ. 1986ވަނަ އަހަރު އެ އަވަށާ ކައިރި ސަރަޙައްދަކުން ޔަހޫދީން ގަދީމީ ކަމަށް ޤަބޫލުކުރާ ސަރަޙައްދެއް ފެނުމުން ޔަހޫދީން ވަނީ ހޮހޮޅަތަކުގައި ދިރިއުޅެމުންދިޔަ ސޫސިއްޔަގެ ރައްޔިތުން އެ ސަރަޙައްދުން ފައްސާލައިފައެވެ. ހޮހޮޅަތައް ސުންނާފަތިކޮށްލައި އަވަށުން ބޭރުކޮށްލުމުން، ސޫސިއްޔަގެ ރައްޔިތުން އުޅެމުންދަނީ އެ ސަރަޙައްދުގައި ފޭލިގެތައް ޖަހައިގެން، ދިރިއުޅުމުގައި ގިނަ ދަތިތަކާއި އުނދަގޫތައް ތަހައްމަލް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
