
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ‘އެޕްރޫވަލް ރޭޓިންގް’ ނުވަތަ އޭނާއާއި އޭނާގެ ސަރުކާރާއި ވެރިކަމަށް ޢާންމު ރައްޔިތުން އިތުބާރު ކުރާ ނުވަތަ ރުހޭ މިންވަރު %40އަށް ވެއްޓިއްޖެއެވެ. މި ނަތީޖާ ހާމަވެފައި ވަނީ ރޮއިޓަރސް އަދި އިޕްސޮސުން ގުޅިގެން ނެގި ޚިިޔާލު ހޯދުމުގެ ވޯޓަކުންނެވެ. މިއީ، ދެވަނަ ދައުރެއްގައި ވެރިކަން ކުރައްވަމުން ގެންދަވާ ޓްރަމްޕަށް އޮތް އިތުބާރު މިހާތަނަށް ވެއްޓިފައިވާ އެންމެ ދަށް އިންސައްތައެވެ. ރޮއިޓަރސާއި އިޕްސޮސުން ބުނީ، ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓުގައި 1,023 މީހުން ބައިވެރިވެފައިވާ ކަމުގައެވެ. ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ބަލައިލާއިރު، އޭނާގެ ވެރިކަމަށް އަދި ހާސިލު ކުރަމުންދާ ކާމިޔާބީތަކާ ރުހެނީ %83 މީހުންނެވެ. ވޯޓުގައި ބައިވެރިވި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތެރެއިން ޓްރަމްޕްގެ ސަރުކާރުން ހޯދަމުންދާ ކުރިއެރުންތަކާ މެދު ރުހޭ ކަމަށް ބުނެފައި ވަނީ އެންމެ %3 މީހުންނެވެ. އަދި، އެއްވެސް ޕާޓީއަކަށް ތާޢީދު ނުކުރާ ޢާންމުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ބުނެފައި ވަނީ ޓްރަމްޕްގެ ސަރުކާރާ ޤަބޫލު ކަމުގައެވެ.
ޖުލައި މަހުގެ މެދުތެރޭގައި ރޮއިޓަރސް އަދި އިޕްސޮސުން ނެތި ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަށް ބަލައިލާއިރު، އޭނާގެ އެޕްރޫވަލް ރޭޓިންގް ހުރީ %41ގައެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގަންނަވާފައި ވަނީ އެމެރިކާގެ އިޤުތިޞާދު ކޮޅަށް ޖައްސަވާނެ ކަމުގެ ވަޢުދާ އެކުގައެވެ. އަދި، ނުޤަވާޢިދުން އެމެރިކާއަށް ހިޖުރަ ކުރުން ހުއްޓުވައި، އެ ގޮތަށް އެތެރެވެފައިވާ މީހުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ވަޢުދާ އެކުގައެވެ. ނަމަވެސް، އިޤުތިޞާދާއި ހިޖުރަވެރިންގެ މައްސަލަތައް ހައްލު ކުރުމަށް ޓްރަމްޕް އަޅުއްވަމުން ގެންދަވަނީ ޢާންމުންގެ ގިނަ ބަޔެއްގެ ކަންބޮޑުވުން އޮތް ފިޔަވަޅުތަކެކެވެ.
ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން %38 މީހުން ބުނީ، ޓްރަމްޕްގެ އިޤުތިޞާދީ އިޞްލާޙީ ފިޔަވަޅުތަކާ މެދު ރުހޭ ކަމުގައެވެ. ޖުލައިގައި ނަގާފައިވާ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން އެ މޭރުމުން އެއްބަސްވެފައި ވަނީ %35 މީހުންނެވެ. މީގެ އިތުރުން، އެންމެ ފަހުގެ ވޯޓުގައި ބައިވެރިވި %43 މީހުން ބުނީ، އިމިގްރޭޝަންގެ މައްސަލަތައް ހައްލު ކުރުމަށް ޓްރަމްޕް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ. ކުރިން ނަގާފައިވާ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން އެ ކަމަށް ރުހިފައި ވަނީ %41 މީހުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
