
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯޅަ ސްކޫލެއް އެޅުމުގެ މަސައްކަތް ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިން ބިމުގެ މައްސަލައިގައި ކަންކަން ހިނގާފައި އޮތީ ވަރަށް ދެރަކޮށް ކަމަށާއި، އެ ބިން އަނބުރާ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ. އެފްއޭއެމްގެ އައު ރައީސްކަމަށް އިންތިޚާބުވުމަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޠާރިޤް ވިދާޅުވީ އެފްއޭއެމަށް އެޗްޑީސީން ހިލޭ ދިން ބިމަށް އެގޮތް މިގޮތަށް ހަދާ ފަހުން ސަބް ލީސް ކޮށްފައިވާއިރު އެކަމުގެ އެންމެ ފުރިހަމަ މައުލޫމާތު ލިބެން ނެތް ކަމަށެވެ. އެހެންނަމަވެސް ޑޮކިއުމެންޓްތައް ހޯދާ އެ ބިމުގެ ކަންކަން ހިނގާފައިވާގޮތް ބައްލަވާނެ ކަމަށާއި ބިންތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ.
ހުޅުމާލޭ ބިމުގެ އިތުރުން މާފަންނު ސްޓޭޑިއަމްގައި ގުދަންބަރިއެއް ހަދާފައިވާ ބިމުގެ ކަންކަންވެސް ގޮސްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި، އެތަނުގެ ކަންކަން ހިނގަފާއިވާ ގޮތްވެސް ސާފުކޮށް އެފްއޭއެމްގެ ބިންތަކުގެ ކަންކަން ހައްލުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ. އަދި އެފްއޭއެމުން އެކި ފަރާތްތަކަށް ދައްކަން ހުކުމްކޮށްފައިވާ ފައިސާގެ އަދަދުތައް ސާފުކުރައްވާނެ ކޯޓުތައް މެދުވެރިކޮށް ދައްކަން ނުޖެހޭ ފައިސާއެއް އޮތްނަމަ އެކަމަށް ވަކަލާތުކުރައްވާނެ ކަމަށްވެސް ޠާރިޤު ވިދާޅުވިއެވެ. އަދި ފައިސާ ދައްކަންޖެހޭ ފަރާތްތަކާއި މަޝްވަރާކޮށްގެން ހައްލުތަކެއް ހޯދަން މަސައްކަތް ކޮށް ދަރަނި ދެއްކުމުގައި އެފްއޭއެމަށް ލުއި ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރައްވާ އެފްއޭއެމްގެ ހިންގުން ހަރުދަނާ ކުރައްވާނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ.
ތާރިޤް ވިދާޅުވީ އެފްއޭއެމުން ކުރިޔަށްދާނީ ހާމަކުރަންޖެހޭ މައުލޫމާތު ވެބްސައިޓުންނާއި މީޑިއާ މެދުވެރިކޮށް ހާމަކުރާނެ ކަމަށާއި ކުލަބުތަކަށް އަންގަން ޖެހޭ އެންގުންތައްވެސް ދުވަހުން ދުވަހަށް އަންގާ ދެފުށް ފެންނަ ހަރުދަނާ އުސޫލަކުން ކަމަށެވެ. 2022 ވަނަ އަހަރު ފުޓްބޯޅަ ތަރައްގީކުރުމަށް ހުޅުމާލެއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިން ބިމުގެ އެއްބަސްވުން ބާތިލުކޮށްފައިވާއިރު، ހެޑްލީސް އެއްބަސްވުން އަލުން އިޔާދަކޮށްދިނުމަށް ނޯމަލައިޒޭޝަން ކޮމިޓީން އެދިއްޖެއެވެ. ފުޓްބޯޅައިގެ ބޭނުމަށް ދޫކޮށްފައިވާ މިފަދަ ބިމެއް ގެއްލިގެން ދިއުމަކީ ފުޓްބޯޅައަށް ލިބޭ ވަރަށްބޮޑު ގެއްލުމެއް ކަމަށްވާތީ އެކަމާއިމެދު ނޯމަލައިޒޭޝަން ކޮމިޓީން ކަންބޮޑުވާކަން ހާމަކޮށް އަލުން ހެޑްލީސް އެއްބަސްވުން އިޔާދަކޮށްދިނުމަށް ނޯމަލައިޒޭޝަން ކޮމިޓީން ވަނީ އެދިފައެވެ.
އެ ބިން ސަބްލީސްކޮށް ފައިސާ ނަގާ އޭގެތެރެއިން ގިނަ އަދަދެއްގެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާއިރު އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އެޗްޑީސީން ވަނީ އެއްބަސްވުން އުވާލާފައެވެ. ފުޓްބޯޅަ ތަރައްޤީކުރުމުގެ ބޭނުމުގައި 2022 ވަނަ އަހަރު 230،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީ އެފްއޭއެމާއި އެޗްޑީސީ އާއިއެކު ވެފައިވާ އެއްބަސްވުމަށް އެފްއޭއެމުން ވަނީ ބަދަލު ގެނެސްފައެވެ. އެފްއޭއެމްއަށް ހުޅުމާލެއަށް ދީފައިވާ ބިމުގެ ތެރެއިން 28،000 އަކަފޫޓް ވިޔަފާރި ބޭނުމަށް ސަބްލީސްކޮށް ކުއްޔަށްދެވޭ ގޮތަށް އެފްއޭއެމުން އޮތީ ނިންމާފައެވެ.
އެއްބަސްވުމުގެ މުއްދަތު 40 އަހަރަށް އިތުރުކޮށް ސަބްލީސް ކުރާ އަކަފޫޓަކަށް 10 ރުފިޔާގެ ރޭޓުން އެފްއޭއެމުން އެޗްޑީސީއަށް ކުލި ދައްކަން ޖެހޭ ގޮތަަށް އޭރު ވަނީ ހަމަޖައްސާފައެވެ. އެބިމުގެ ޕްލޮޓްތައް 15 ފަރާތަކަށް ކުށްޔަށްދޫކޮށްފައިވާއިރު އެ ސަބްލީސްތައް ކޮށްފައިވަނީ އެފްއޭއެމަަށް ފައިދާއެއް ނުލިބޭ ގޮތަށް އިއުލާނުކުރުމެއް ނެތި ބިޑް ނުކޮށް ކަމަށް އެފްއޭއެމުން ބުނެއެވެ. ބައެއް ޕްލޮޓްތައް 25 އަހަރަށް ކުއްޔަަށްދޫކޮށްފައިވާއިރު އަނެއްބައި ބިންތައް 40 އަހަރަށް ކުއްޔަަށްދޫކޮށްފައިވާ ކަމަށާއި ބައެއް ސަބްލީސްތަކުގެ މުއްދަތު ހެޑްލީސްއަށްވުރެ އިތުރަށް ދޫކޮށްފައިވާކަމަށްވެސް އެފްއޭއެމްއިން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
