
ލިވަޕޫލް ހިންގަމުން އަންނަ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕުން ސްޕޭނުގެ ގެޓަފޭ ގަތުމަށް މަސައްކަތް ފަށައިފި އެވެ. ގެޓަފޭ އަކީ 1983 ވަނަ އަހަރު އުފައްދައި ސްޕެނިޝް ލީގުގައި ވާދަ ކުރަމުން އަންނަ ކުލަބެކެވެ. ފެންވޭ ސްޕޯޓްސް ގްރޫޕުން އެ ކުލަބު ގަތުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބު ނުވެ އޮތީ ގެޓަފޭގެ ރައީސް އެންޖެލް ޓޮރޭޒް ކުލަބު ވިއްކާލަން ބޭނުން ނުވުމުންނެވެ. ނަމަވެސް މި ވިޔަފާރި މިހާރު ވަނީ ހިނގައިގަންނަ ގޮތްވެފަ އެވެ. އެއީ ކުރިން ކުލަބު ވިއްކާލަން ކިޔަމުން އައި 185 މިލިއަން ޔޫރޯގެ ބަދަލުގައި 116 މިލިއަނަށް އެ ކުލަބު ވިއްކާލަން ޓޮރޭޒް ނިންމުމުންނެވެ.
ފެންވޭ ސްޕޯޓްސް ގްރޫޕުން ލިވަޕޫލް ކާމިޔާބު ކަމާއެކު ހިންގާތާ މިހާރު 15 އަހަރު ވެއްޖެ އެވެ. ފުޓްބޯލައިގެ އިތުރުން ބޭސްބޯޅަ އާއި ބާސްކެޓް ކުލަބުތައް ވެސް ހިންގަމުން އަންނަ ގްރޫޕުން ސްޕޭނުގެ ކުލަބެއް ގަތުމަށް ޝައުގުވެރިކަން ފާޅު ކުރީ އެ ގްރޫޕުގެ ކުޅިވަރު ވިޔަފާރި ފުޅާ ކުރުމަށެވެ. ލިވަޕޫލަކީ ފާއިތުވެދިޔަ 10 އަހަރަށް ބަލާއިރު މެންޗެސްޓާ ސިޓީ ނަގާފައި އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކުލަބެވެ. ފެންވޭ ސްޕޯޓްސް ގްރޫޕުން ހިންގަން ފެށި ފަހުން އެ ކުލަބުން ވަނީ އިނގިރޭސި ޕްރެމިއާ ލީގު ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު ފައިނަލުގައި ތިން ފަހަރު ކުޅެ އެއް ފަހަރު ތަށި އުފުލާލައިފަ އެވެ. މީގެ އިތުރުން އިނގިރޭސި އެފްއޭކަޕާއި ލީގު ކަޕްގެ ދެ ތައްޓާއެކު ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
