
ރާއްޖެ ޑިޖިޓަލައިޒްކޮށް ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ފައްޓަވާފައިވާ އެންމެ މުހިއްމު މަޝްރޫޢަކީ “މޯލްޑިވްސް 2.0″އެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ސަރުކާރުން ދެއްވާ އެއް ދާއިރާއަކީ ސިއްޙީ ދާއިރާއެވެ. ކުރިއަށް އޮތް އަހަރެއް ނުވަތަ ދޮޅު އަހަރެއްގެ ތެރޭގައި މި މަޝްރޫޢުގެ ބޮޑު މަންޒަރު ރައްޔިތުންނަށް ފެނިގެންދާނެއެވެ. ގުދުރަތީގޮތުން ރާއްޖެ އެތުރިފައިވާގޮތަކީ ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އޮތް އެންމެ ބޮޑު މައްސަލައެވެ. އޭގެ ސަބަބުން ރާއްޖޭގައި ޚިދުމަތް ދިނުމަށް ބޮޑު ޚަރަދުތަކެއް ކުރަން ސަރުކާރުތަކަށް ޖެހެއެވެ. މިކަމަށް ހައްލެއް ގެނައުމަށް ނިންމަވާ، ޑިޖިޓަލް އަދި ޒަމާނީ އީޖާދުތަކުގެ ބޭނުންކޮށްގެން ތަރައްޤީ ގެނައުމަށް ސަރުކާރުން މިހާރުވަނި ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ.
މިގޮތުން ސިއްޙީ ނިޒާމު ޑިޖިޓަލައިޒްކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާއިރު ސަރުކާރުގެ ޑިޖިޓަލައިޒޭޝަންގެ މާސްޓަރ ޕްލޭންގެ ދަށުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ސިއްޙީ ދާއިރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.
ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތާއެކު މާލެ ސިޓީގެ ހުރިހާ ހޮސްޕިޓަލްތަކެއް އެއް ސިސްޓަމަކުން ގުޅާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްވަނީ ވިދާޅުވެފައެވެ. އަދި އެއަށްފަހު މި ނިޒާމަށް ރީޖަނަލް ހޮސްޕިޓަލުތައްވެސް ގުޅާލާނެކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ސެންޓްރަލް ހެލްތު ރިކޯޑްސް އެކްސްޗޭންޖް ނިޒާމެއް ޤާއިމުކޮށް އޭގެ ތެރެއިން ހުރިހާ ހޮސްޕިޓަލެއްގެ މެޑިކަލް ތަފްސީލުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މަސައްކަތް ކުރައްވަމުންދާކަމަށް ސީއީއޯ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިހާރު ބޭނުންކުރާގޮތް ބަދަލުކޮށް ސަރުކާރުގެ ހުރިހާ ހޮސްޕިޓަލުތަކެއްގައިވެސް އެއްބާވަތެއްގެ ހޮސްޕިޓަލް މެނޭޖްމަންޓް ސިސްޓަމްތަކެއް ޤާއިމުކުރުމުން ހުރިހާ ހޮސްޕިޓަލެއްގައިވެސް ބަލި މީހުން ހަދާ ޓެސްޓުތަކާއި އޭގެ ނަތީޖާ ފެންނަން ހުންނާނެކަމަށެވެ. މީގެ ސަބަބުން ޓެސްޓުތައް ތަކުރާރުވުމުގެ މައްސަލަ ހައްލުވެ ޚިދުމަތް އަވަސް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ. ސިއްޙީ ނިޒާމު ހަރުދަނާކޮށް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް އޮތް އަހަރެއް ނުވަތަ ދޮޅު އަހަރެއްގެ ތެރޭގައި ޤާއިމުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްއިން ވިދާޅުވެއެވެ. މި ޚިދުމަތް ފުޅާކުރެވިގެންދިޔުމާއެކު ސަރުކާރުން މިހާރު ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުޅުދުއްފުށީގައި ފައްޓަވާފައިވާ ޓެލެމެޑިސިންގެ ޚިދުމަތްވެސް އިތުރަށް ފުޅާކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އޭގެ ސަބަބުން ރަށުގައި ހުރެގެން އެހެން ސަރަޙައްދުތަކުގައި ތިއްބަވާ ޑޮކްޓަރުންނަށް ދެއްކޭނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއީ މިވަގުތު ވަކި ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ރާއްޖޭގެ ސިއްޙީ ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލައެވެ. ޑޮކްޓަރަށް ދެއްކުމަށް މާލެއަށް ބަރޯސާވުމުގެ މައްސަލައެވެ. އެހެންކަމުން ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަސައްކަތާއެކު މިކަމަށް ހައްލެއް އަންނާނެއެވެ. އަދި ޑިޖިޓަލައިޒްކުރުމުގެ ސަބަބުން އެމީހެއްގެ ހެލްތު ރިކޯޑު އެމީހަކަށް ބަލާލެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
