
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފާއިތުވި 14 އަހަރުގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުމާ އެކު ޖަޕާންގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ސުނާމީއެއް އަރައި، ރަޝިޔާގެ އިތުރުން އެމެރިކާގެ ހުޅަނގު ފަރާތުގެ އައްސޭރިފަށުގެ ރަށްތަކަށް ސުނާމީގެ އިންޒާރު ނެރެފިއެވެ. ރަޝިޔާގެ ކަމްޗާތުކާގެ އައްސޭރިފަށަށް އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 8.8ގައެވެ. މިއީ، ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން ރެކޯޑު ކުރެވިފައިވާ އެންމެ ބާރުގަދަ 10 ބިންހެލުމުގެ ތެރޭގައި ހިމެނޭ ލޮޅުމެކެވެ. ބިންހެލުމާ އެކު އުފެދުނު ސުނާމީގެ ފުރަތަމަ ރާޅުތައް ވަނީ ޖަޕާންގެ އައްސޭރިފަށުގެ ސަރަަޙައްދުތަކަށް އަރާފައެވެ. ރާޅުތަކުގެ އުސްމިން ރެކޯޑު ކުރެވިފައި ވަނީ 40 ސެންޓިމީޓަރުގައެވެ. އެންމެ ފުރަތަމަ ރާޅުތައް އަރާފައި ވަނީ ޖަޕާންގެ ހޮއްކައިދޯގެ އައްސޭރިފަށުގެ ރަށްތަކަށެވެ. ސުނާމީއާ ގުޅިގެން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ކޮށްފައެއް ނެތެވެ.
ސުނާމީގެ އިންޒާރާ އެކު ޖަޕާންގެ ހުޅަނގު ފަރާތު އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުންނަށް، ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އެ ސަރަޙައްދަށް 3 މީޓަރުގެ ރާޅުތައް އަރާނެ ކަމުގައި ކަމާ ގުޅޭ އިދާރާތަކުން އަންދާޒާ ކުރެއެވެ. 2011ވަނަ އަހަރު އައި ބިންހެލުމާއި، ސުނާމީގެ ސަބަބުން ގެއްލުންވި ފުކުޝިމާ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އެމެރިކާގެ ހުޅަނގު ފަރާތުގެ އައްސޭރިފަށުގައި އޮތް ހަވާއީއާއި ކެލިފޯނިޔާ ސްޓޭޓަށް ވެސް ސުނާމީގެ އިންޒާރު ވަނީ ނެރެފައެވެ. އަދި، އެ ސަރަޙައްދުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ފަށާފައެވެ. ނަމަވެސް، އެމެރިކާގެ ކަމާ ގުޅޭ ތަޖުރިބާކާރުން ބުނީ، ސުނާމީގެ ސަބަބުން ކެލިފޯނިޔާ ސްޓޭޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ލަފާ ނުކުރެވޭ ކަމުގައެވެ.
ރަޝިޔާގައި ބިންހެލުމާ ގުޅިގެން ބައެއް މީހުންނަށް އަނިޔާވެފައިވާ ކަން ވަނީ ކަށަވަރު ކުރެވިފައެވެ. އެއީ، އެ ޤައުމުގެ އެންމެ އިރުމަތީ ސަރަޙައްދުގައެވެ. ސުނާމީގެ ރާޅުތައް އަރައި، ރަޝިޔާގެ ސެވެރޮ-ކުރިލްސްކް ސަރަޙައްދުގައި ފެން ބޮޑުވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ބިންހެލުންތައް ދިރާސާ ކުރާ ޔޫއެސް ޖިއޮލޮޖިކަލް ސަރވޭން ބުނީ، ޖަޕާންގެ ކަމްޗާތުކާއަށް އައިސްފައިވާ ބިންހެލުމަކީ، ތާރީޚުގައި ވެސް މިހާތަނަށް ރެކޯޑު ކުރެވިފައިވާ ހަވަނައަށް އެންމެ ބާރުގަދަ ލޮޅުން ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
