
ސުލްހަވެރިކަމާއި ތަނަވަސްކަން ދެމެހެއްޓުމަށް ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމަކާއި، އިންސާފުވެރިކަމާއެކު އެންމެން އެކުގައި މަސައްކަތްކުރުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙިމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ސްވިޒަރލެންޑުގެ ޖެނީވާގައި ކުރިއަށްދާ 6 ވަނަ “ވޯލްޑް ކޮންފަރެންސް އޮފް ސްޕީކަރސް އޮފް ޕާލިމަންޓު”ގައި ތަޤްރީރުކުރައްވައިފިއެވެ. “އަ ވޯލްޑް އިން ޓާމޮއިލް: ޕާލިމަންޓަރީ ކޯޕަރޭޝަން އެންޑް މަލްޓިލެޓަރަލިޒަމް ފޯރ ޕީސް، ޖަސްޓިސް އެންޑް ޕްރޮސްޕެރިޓީ ފޯ އޯލް” މި ޝިއާރުގެ ދަށުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސްވަނީ ބައިނަލްއަޤްވާމީ އެއްބާރުލުމާއި އަދި ޕާލިމަންޓަރީ ޑިޕްލޮމެސީއަށް ދިވެހިރާއްޖެއިންދޭ އަހައްމިޔަތުކަމަށް އަލިއަޅުއްވާލައްވާފައެވެ.
ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، ޣައްޒާ އަދި ޔޫކްރެއިންގެ ހިނގާ ކަންތައްތަކުން ފެށިގެން މޫސުމަށް އަންނަ ބަދަލުތަކާއި އިތުރުވަމުން އަންނަ ނަހަމަކަމުގެ ސަބަބުން ގިނަ ފަހަރަށް އޭގެ އަސަރު އެންމެ ފުރަތަމަ ކުރަނީ ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށްކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، ސުލްހަވެރިކަމާއި ތަނަވަސްކަން ދެމެހެއްޓުމަށްޓަކައި ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމަކާއި، އިންސާފުވެރިކަމާއެކު އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ކްލައިމެޓް އިމަރޖަންސީ ޤާނޫނާއި 2030ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަންސްގެ ބޮޑު އަމާޒަށް ދިވެހިރާއްޖެ ކުރަމުންދާ ދަތުރު ފާހަގަކުރައްވައި، ނާޒުކު ޤައުމުތަކަށް ބައިނަލްއަޤްވާމީ ގޮތުން އިތުރު އެހީތެރިކަމާއި ތާޢީދުދިނުމަށް އިލްތިމާސްކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި 25އަށް ވުރެ ގިނަ ޕާލިމަންޓަރީ ފްރެންޑްޝިޕް ގްރޫޕް ގާއިމުވެފައިވާކަމާއި އައި.ޕީ.ޔޫ އަދި ސީ.ޕީ.އޭ ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއެކު ރައްޔިތުންގެ މަޖިލީހުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ޕާލިމަންޓަރީ ޑިޕްލޮމަސީގެ މުހިންމުކަމުގެ މައްޗަށްވެސް މަޖިލީހުގެ ރައީސްވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި، ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، މަޖިލީހުގެ ރައީސްވަނީ ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ އެއްބައިވަންތަކަން ދަމަހައްޓައި ގުޅިގެން އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކަށް އިލްތިމާސްކުރެއްވީ ސުލްހައާއި އިންސާފާއި ތަނަވަސްކަން ކުރިއެރުވުމުގައި އެއްބައިވަންތަކަމާއެކު ތިބުމަށާއި، އަދި ބައިނަލްއަޤްވާމީ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ އަޑު ހިމެނުމަށް އ.ދ.އާ ގުޅިގެން ގާތުން މަސައްކަތްކުރެއްވުމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
