
ފިޔާ ލިބުމުގެ ދަތިކަން ޙައްލުކުރުމަށް އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. ފިޔާ އަންމުކޮށް ގެންނަނީ މުދާ އިމްޕޯޓްކުރާ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު އެސްޓީއޯއިން ދާއިމީކޮށް ފިޔާ ނުގެނެއެވެ. ނަމަވެސް އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ލިބުމުގައި ދަތިވާ ޙާލަތްތަކުގައި އެސްޓީއޯއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެސްޓީއޯއި ވިދާޅުވީ ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިވެފައިވަނީ މިދުވަސްވަރު މޫސުން ގޯސްކޮށް އުޅޭތީކަމަށެވެ. އެހެންކަމުން ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުންދަކަމަށާއި، ފިޔާ ޝިޕްމަންޓް ގެންނަން މަސައްކަތްކުރަމުންދަނީ އިންޑިއާއިންކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވެފައިވަނީ، ފިޔާ ރާއްޖެއަށް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިކަމެއްގެ ސަބަބުންނެވެ. މިކަމުގައި މަޢުލޫމާތު ޙިއްސާކުރައްވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ވިދާޅުވީ، ފިޔާފަދަ ޕެރިޝަބަލް މުދާ ހިފައިގެންގެން ރާއްޖެ އައިސްފައިވާ 4 އުޅަނދެއް މިހާރުވެސް ބަނދަރުގައި އެބައޮތްކަމަށެވެ. މީގެތެރޭގައި ގިނަ އަދަދަކަށް ފިޔާވެސް ހިމެނޭކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ނަމަވެސް ބޯޓުތަކުން މުދާ ހުސްކުރުން ލަސްވަމުންދަނީ، މޫސުން ގޯސްކޮށް އުޅޭތީކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
އެމްޕީއެލްއިން ވިދާޅުވީ މޫސުން ގޯސް ދުވަސްވަރު ޕެރިޝަބަލް މުދާ ހިފައިގެން އަންނަ ބޯޓުތަކުން މުދާ ކްލިއަރކުރުމުގައި އަބަދުވެސް ދަތިތައް ކުރިމަތިވާކަމަށެވެ. ނަމަވެސް އެ ކުންފުނިން މަސައްކަތްތަކުރަނީ ވީހާވެސް އަވަހަށް އެ މުދާ ބޯޓުތަކުން ބާލާ، ވިޔަފާރިތަކަށް ކްލިއަރ ކޮށްދިނުމަށްކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. އެސްޓީއޯއިން ވިދާޅުވީ ބަނދަރުގައި އޮތް ބޯޓުތަކުގެ ޝިޕްމަންޓްތައް މާކެޓަށް ލިބުމުން، ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބޭނެކަމަށެވެ. އަދި އެސްޓީއޯއިންވެސް މަސައްކަތްކުރަމުންދަނީ ވިހާވެސް އަވަހަށް ފިޔާ ޝިޕްމަންޓް ރާއްޖެ ގެނެސް، ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަން ޙައްލުކޮށްދިނުމަށްކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު މިދުވަސްވަރަކީ ރާއްޖެއަށް ފިޔާ އެންމެ ގިނައިން އެތެރެކުރާ އިންޑިއާއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
