
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ޙާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންދާ ކަމަށް ބުނެ، ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއް ޤާއިމު ނުކުރާނަމަ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ. އެ ޤައުމުގެ ނިންމުން އިޢުލާނުކޮށްފައި މި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 60،000އަށް އިތުރުވެފައި ވަނިކޮށެވެ. އިނގިރޭސިވިލާތުގެ ވަޒީރުންގެ މަޖިލީހުން ވަނީ ފަލަސްޠީނުގައި ޞުލްޙަ ޤާއިމުކުރުމާ ގުޅޭ މަގުޗާޓެއް އެކުލަވައިލަން ވާގިވެރިވުމަށް އެއްބަސްވެފައެވެ. ވަޒީރުންގެ މަޖިލީހުން އެ ފަދަ ނިންމުމެއް ނިންމާފައި ވަނީ ޣައްޒާގެ ޙާލަތާމެދު ކަންބޮޑުވެ އާންމުން ގެ ފަރާތުން ސަރުކާރަށް ފިއްތުންތައް ކުރިމަތިވާން ފެށުމުންނެވެ. ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ފަރަންސޭސިވިލާތުން ނިންމާފައިވާ ނިންމުމާ އެއްގޮތް ނިންމުމެއް ނިންމުމަށް އިނގިރޭސިވިލާތުގެ ރައްޔިތުން ދަނީ އެ ޤައުމުގެ ސަރުކާރަށް ގޮވައިލަމުންނެވެ.
އިނގިރޭސިވިލާތުން މި ފަދަ ނިންމުމެއް ނިންމާފައި މި ވަނީ މިހާރުން މިހާރަށް ފިޔަވަޅެއް ނާޅައިފި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ފަލަސްޠީނުގެ ޣައްޒާއަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތު އެންމެ ގޯސް ޙާލަތަށް ގޮސް، ގިނަ ޢަދަދެއްގެ މީހުން ބަނޑަށް ޖެހިގެން މަރުވެދާނެ ކަމުގެ އިންޒާރު ވެސް ބަނޑުހައިހޫނުކަމުގެ މިންވަރު ވަޒަންކުރާ ޖަމުޢިއްޔާއަކުން ދީފައިވަނިކޮށެެވެ. ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން ދުވަސްކޮޅަކަށް މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން، މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ.
ތިން މަހެއްހާ ދުވަހު ޣައްޒާއަށް އެއްވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދި އޮތުމަށްފަހު، ޔަހޫދީން ވަނީ މިދިޔަ މެއި މަހުގެ 5ވަނަ ދުވަހު ޣައްޒާއަށް މަދު މިންވަރެއްގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް ފާއިތުވީ މުއްދަތުގައި އެދެވޭ މިންވަރަށް ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. މެެއި މަހުގެ 26ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އެހީގެ ސާމާނު ބަހަމުން ދަނީ އެމެރިކާއާ ގުޅުންހުރި ކުންފުންޏެއް ކަމަށްވާ ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފް މެދުވެރިކޮށެވެ. ނަމަވެސް ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒުތައް ދޮށަށް ދާ ފަލަސްޠީނުގެ ރައްޔިތުން ޔަހޫދީން ދަނީ ރަހުމް ކުޑަކޮށް ޝަހީދުކުރަމުންނެވެ. އެހީގެ ސާމާނު ބަހާ މަރުކަޒުތައް ކައިރިން ފާއިތުވިި ހަފްތާތަކުގައި 600އެއްހާ މީހުން ޝަހީދުކޮށްލާފައިވެއެވެ. ޣައްޒާއިން މިހާރު ކާބޯތަކެތި އެއްކޮށްހެން ހުސްވެފައިވާއިރު، ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންނެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 147 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 88 ކުޑަކުދިން ވެސް ހިމެނެއެވެ. ޢުދުވާން ފެށުނު ފަހުން ޣައްޒާގައި ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 60،000އަށްވުރެ އިތުރުވެފައެވެ. ޙަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ވަނީ ސުންނާފަތިވެފައެވެ.
ބަނޑުހައިހޫނުކަން ވަޒަންކުރާ ޖަމުޢިއްޔާއެއް ކަމަށްވާ ފުޑް ސެކިއުރުޓީ ފޭސް ކްލެސިފިކޭޝަން، އައިފީސީން ވަނީ ޣައްޒާއަށް ބަޔަކު ކުރިމަތިކުރުވާފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތަކީ އާއްމުވެގެންވާ ބަނޑުހައިހޫނުކަމެއް ނުވަތަ “ފެމައިން” އެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅިދާނެ ކަމަށް ބުނެފައެވެ. އެހެން އެކަން ވެއްޖެ ނަމަ ޣައްޒާއަށް އިތުރަށް ކާބޯތަކެތި އެތެރެކުރުމަށް ޔަހޫދީންނަށް ކުރިމަތިވާ ފިއްތުންތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެ ޖަމުޢިއްޔާއިން ވަނީ ބުނެފައެވެ. ޣައްޒާއަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތުގެ ސަބަބުން ޔަހޫދީންނަށް މިހާރު ވެސް ދަނީ ބައިނަލްއަޤްވާމީ ފިއްތުންތައް ކުރިމަތިވަމުންނެވެ. ޔަހޫދީންނަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކުގެ ސަބަބުން ބައެެއް ވަގުތުތަކުގައި ޣައްޒާއަށް ޙަމަލާ ދިނުން މެދުކަނޑައިލައި އެހީގެ ސާމާނު އެތެރެކުރުމަށް ފުރުޞަތު ދިނުމަށް ވަނީ މަޖުބޫރުވެފައެވެ. ޖުލައި މަހުގެ 27ވަނަ ދުވަހުން ފެށިގެން އެ ފުރުޞަތު ދޭނެ ކަމަށް ޔަހޫދީން ބުނި ނަމަވެސް ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމުޢިއްޔާ، ޑަބްލިޔުއެފްޕީން ވަނީ ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ބޭނުންވާ ޙުއްދަތަޢް އެ ޖަމުޢިއްޔާއަށް ނުލިބޭ ކަމަށް ބުނެފައެވެ.
އައިޕީސީން ބުނީ ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ބަނޑަށްޖެހޭ މީހުންނާއި މެލްނިއުޓްރިޝަން ޙާލަތު ކުރިމަތިވެފައިވާ މީހުންނާއި ބަނޑުހައިހޫނުކަމާ ގުޅުންހުރި އެހެނިހެން ބަލިތައް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވަމުންދާ މީހުންގެ ޢަދަދު ވެސް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. ޣައްޒާއަށް މިހާރު ކުރިމަރުވެފައި އޮތް ޙާލަތަކީ އާއްމުވެގެންވާ ބަނޑުހައިހޫނުކަމެއް ކަމަށް ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ޖަމުޢިއްޔާއިން އަވަސް ގޮތަކަށް ކުރާނެ ކަމަށް ބުނެފައިވެއެވެ. ފެމައިން ޙާލަތު ކުރިމަތިވެފައިވާ ކަމަށް ކަނޑައެޅޭނީ އާބާދީގެ 20 އިންސައްތަ މީހުންނަށް ކާބޯތަކެތި ލިބުމުގައި ބޮޑެތި ދަތިތައް ހުރި ކަމަށް ބެލެވުމުންނެވެ. ކޮންމެ ތިން ކުޑަކުދިންގެ ތެރެއިން އެއް ކުއްޖަކީ މެލްނިއުޓްރިޝަން ޙާލަތު ކުރިމަތިވެފައިވާ ކުދިން ކަމަށް ވުމާއި، ދުވާލަކު ކޮންމެ 10،000 މީހުންގެ ތެރެއިން ދެ މީހުން ބަނޑުހައިހޫނުކަމުގެ ސަބަބުން ނުވަތަ ބަނޑުހައިހޫނުކަމާ ގުޅުންހުރި ސަބަބެއްގައި މަރުވުމަކީ ވެސް ފެމައިން ޙާލަތު ކުރިމަތިވެފައިވޭތޯ ބެލުމަށް ބަލައި މިންގަނޑެެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
