
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޗައިނާގެ ވެރިރަށް ބެއިޖިންގްއަށް ކުއްލި ގޮތަކަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ކުރިމަތިވި ނުރައްކާތެރި ހާދިސާތަކެއްގައި 30 މީހުން މަރުވެއްޖެއެވެ. ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، އެންމެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަހަރެއްހާ ދުވަހު ވެހޭ މިންވަރަށް ވާރޭވެހުމާ ގުޅިގެން ބެއިޖިންގްގެ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން 80,000އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމުގައެވެ.
ޗައިނާގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ ފެންބޮޑުވުމާ ގުޅިގެން ގިނަ އަދަދެއްގެ މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ. އަދި، ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާއިރު، 130އަށް ވުރެ ގިނަ އަވަށުން މުއާޞަލާތީ ޚިދުމަތްތައް ކެނޑިފައިވާ ކަމުގައެވެ. ބެއިޖިންގްގެ ސަރަޙައްދުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން އެތަކެއް ސަތޭކަ ވައިގެ އުދުހުންތަކެއް ވެސް މެދުކަނޑައިލަން މަޖުބޫރުވިއެވެ. އަދި، ރޭލު ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ވެސް ބޮޑެތި ބުރޫތަކެއް އެރިއެވެ.
ޗައިނާގެ މީޑިޔާތަކުން ބުނީ، ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ޗައިނާގެ ބޮޑު ފާރު ކައިރީގައި އޮތް ފަރުބަދަމަތީ ސަރަޙައްދުތަކަށް ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި މީޔަން އަވަށުން 28 މީހުން މަރުވިއެވެ. އަދި، ޔަންޗިންގުން އިތުރު ދެ މީހުން މަރުވި ކަމުގައި ޗައިނާގެ ނޫސް އޭޖެންސީ، ޝިންހުއާން ރިޕޯޓު ކުރިއެވެ. ނަމަވެސް، އެ މީހުން މަރުވާން މެދުވެރިވި ސަބަބު ޗައިނާގެ އެއްވެސް ރަސްމީ އިދާރާތަކުން ސާފު ކޮށްދީފައެއް ނެތެވެ. ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ޖުލައި 23ވަނަ ދުވަހު މީޔަންއަށް 573.5 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމުގައެވެ. އަދި، ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ. ޗައިނާގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ، ޢާންމު ގޮތެއްގައި ބެއިޖިންގްއަށް އަހަރެއްގެ މައްޗަށް ވެސް ވެހެނީ 600 މިލިމީޓަރުގެ ވާރޭ ކަމުގައެވެ.
ބެއިޖިންގްގެ އިތުރުން ޗައިނާގެ ހަރބެއި ޕުރޮވިންސަށް ވެސް ދަނީ މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހެމުންނެވެ. އެ ޕުރޮވިންސުގެ ޝިންގްތާއިއަށް ދެ ދުވަހުގެ ތެރޭގައި 1,000 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައި ޗައިނާގެ އިދާރާތަކުން ހާމަކުރިއެވެ. މޫސުން ގޯސްވެ، ބިންގަނޑު ކަނޑައިގެން ދިޔުމާ ގުޅިގެން ހަރބެއިން ވަނީ އަށް މީހުން މަރުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
