
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެޑިޓެރޭނިޔަނާއި ކަޅު ކަނޑުގެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމާ އެކު ބައެއް ޤައުމުތަކުގެ ޖަންގަލިތަކުގައި ރޯވެ، އަނދަން ފަށައިފިއެވެ. އަލިފާންގަނޑުތައް އަނދަމުންދާ ޤައުމުތަކުގެ ތެރޭގައި ތުރުކީވިލާތް، ގްރީސް އަދި އަލްބޭނިޔާގެ އިތުރުން ކަޅު ކަނޑުގެ އައްސޭރިފަށުގައި އޮތް ބުލްގާރިޔާ ހިމެނެއެވެ. ތުރުކީވިލާތުގެ ތަފާތު ތިން ޕުރޮވިންސެއްގެ ޖަންގަލިތަކުގައި ރޯވެ، އަނދަމުންދާއިރު، ގްރީސްގެ ބައެއް ސަރަޙައްދުތަކުގެ އިތުރުން އަލްބޭނިޔާގައި ފަތުރުވެރިންގެ ރިސޯޓެއް އޮންނަ ސަރަޙައްދެއްގެ ޖަންގަލިތަކުގައި ވެސް ވަނީ ރޯވެފައެވެ. ތުރުކީވިލާތުގައި އެންމެ ބޮޑު އަލިފާންގަނޑެއް ރޯވެފައި ވަނީ ވެރިރަށް އަންކަރާއާ 22 ކިލޯމީޓަރު އުތުރުން އޮތް ކަރަބިޔުކް ޕްރޮވިންސުގައެވެ. އެއީ، ކަޅު ކަނޑުގެ އައްސޭރިފަށުގައި އޮތް ސަރަޙައްދެކެވެ. އެ ސަރަޙައްދުގެ ޖަންގަލިތަކުގައި ރޯވެ، އަނދަން ފަށާފައި ވަނީ މީގެ ހަ ދުވަސް ކުރިންނެވެ. އަލިފާންގަނޑުތައް ނިއްވައިލުމަށް ޓީމުތަކުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާއިރު، އަލިފާންގަނޑުތައް ވަނީ ބައެއް އަވަށްތަކަށް ފެތުރިފައެވެ.
ކަރަބިޔުކްގެ އިތުރުން ތުރުކީވިލާތުގެ ހުޅަނގުއުތުރުގައި އޮތް ބުރްސާ ޕުރޮވިންސުގެ ޖަންގަލިތަކުގައި ވެސް ވަނީ ރޯވެފައެވެ. އެ ޤައުމުގެ ޖަންގަލިތަކާ ބެހޭ ވުޒާރާއިން ބުނީ، އެ ސަރަޙައްދުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވައިލުމުގެ މަސައްކަތް ކުރަމުން ދިޔަ ތިން މީހަކު މަރުވެފައިވާ ކަމުގައެވެ. މީގެ އިތުރުން ތުރުކީވިލާތުގެ ދެކުނުގައި އޮތް މަރސިން އަދި އޮންތާލިޔާ ޕުރޮވިންސުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި، 3,600 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނު ކަމުގައި އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ބުންޏެވެ. ތުރުކީވިލާތުގެ އިތުރުން ގްރީސްގެ ޖަންގަލިތަކުގައި ވެސް ދަނީ ރޯވެ، އަނދަމުންނެވެ. އެ ޤައުމުގެ އިދާރާތަކުން ބުނީ، ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ތަފާތު 44 ސަރަޙައްދެއްގައި އަލިފާން ރޯވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި، އެ ޤައުމުގެ ދެކުނުގައި އޮތް ރަށެއް ކަމުގައިވާ ކީތިރާ ހިމެނެއެވެ. މީގެ އިތުރުން އިމިތޯސް ފަރުބަދަ ކައިރީގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. ނަމަވެސް، އެ އަލިފާންގަނޑު ނިއްވައިލެވިފައިވާ ކަމުގައި ގްރީސްގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކުރިއެވެ.
އަލްބޭނިޔާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ކޮންޓުރޯލު ކުރުމަށް 900 މީހުންގެ ޓީމަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަލްބޭނިޔާގެ އައްސޭރިފަށުގައި އޮތް ރިސޯޓު ރަށެއް ކަމުގައިވާ ސަރާންދާއާ ދިމާލަށް ބޮޑު އަލިފާންގަނޑެއް ދަތުރު ކުރަމުންދާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ. އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ޖަންގަލިތަކުގައި ހުޅުޖެހުމުގެ ތުހުމަތުގައި 13 މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި އެ ޤައުމުގެ ފުލުހުން ހާމަކުރިއެވެ.
ބުލްގާރިޔާއާއި ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގު އޮތް ސަރަޙައްދުގައި ވެސް ބިޔަ އަލިފާންގަނޑުތަކެއް ދަނީ ފެތުރެމުންނެވެ. ބުލްގާރިޔާގެ އެކި ސަރަޙައްދުތަކުގައި 100އެއްހާ އަލިފާންގަނޑު ރޯވެ، އަނދަމުންދާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ބުންޏެވެ. އެ އަލިފާންގަނޑުތައް ކޮންޓުރޯލު ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ބައެއް ޤައުމުތަކުން ވަނީ ޓީމުތައް ފޮނުވާފައެވެ. ނަމަވެސް، މިހާރު ވެސް 6,475 ހެކްޓަރުގެ ސަރަޙައްދެއް އަނދައި، ހުލިވެފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
