
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތައް ފޭރުމަކީ ޣައިރުޤާނޫނީ ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވައި، ޣައްޒާ ސުންނާފަތި ކުރުމަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލުމަށް އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ގޮވައިލައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ، ޔަހޫދީންގެ ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމުގައި ފަލަސްޠީނާއި ޒަޔަނިސްޓުންގެ މިނިވަން ދެ ދައުލަތް ޤާއިމު ކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އދން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްގައި ތަޤުރީރު ކުރައްވަމުންނެވެ. ފަލަސްޠީނުގެ ބިމުގައި އެ ޤައުމުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވަމުންދާ ދެ ދުވަހުގެ ބައްދަލުވުން ވިލަރެސް ކޮށްފައި ވަނީ ފަރަންސޭސިވިލާތާއި ސަޢޫދީ ޢަރަބިއްޔާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ގުތެރޭޝް ވިދާޅުވީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކޮށް، އެ ސަހަރު ސުންނާފަތި ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާއި، ދެމުންދާ ޢުދުވާނީ ޙަމަލާތައް ބަލައިގަނެވެން ނެތް ކަމުގައެވެ.
“ސާފުކޮށްދެމާ ހިންގަވާ: ހުޅަނގު އައްސޭރީގެ ބިންތައް މަޑުމަޑުން ފޭރެމުން ދިޔުމަކީ ޣައިރުޤާނޫނީ ކުށެއް. އެ ކަން ހުއްޓަން ޖެހޭ. ޣައްޒާ ސުންފާތި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެ ކަން ހުއްޓަން ޖެހޭ،” ގުތެރޭޝް ވިދާޅުވިއެވެ. “[ޔަހޫދީންގެ] އަމިއްލަ މަންފާއަށް އަޅަމުންދާ ފިޔަވަޅުތަކުގެ [ލާއިންސާނީ ޖަރީމާތަކުގެ] ސަބަބުން ދެ ދައުލަތުގެ ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. އެ ކަން ހުއްޓަން ޖެހޭ.” ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 60,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 140,000އަށްވުރެ މައްޗަށް އުފުލިފައެވެ.
ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުން ބަނޑަށްޖައްސައި ޝަހީދު ކުރުމަށް ވެސް ޔަހޫދީން ދަނީ ލާއިންސާނީ ކެމްޕޭނެއް ހިންގަމުންނެވެ. މި ގޮތުން، މާރިޗު 2ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެއްޗާއި ސާފު ބޯފެން އެތެރެ ކުރުމަށް ވަނީ ހުރަސް އަޅާފައެވެ. އަދި، ބޭސް ފަރުވާގެ ސާމާނާއި ތެޔޮ އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ. ބަނޑަށްޖެހިގެން ޣައްޒާއިން ޝަހީދުވެފައިވާ މީހުންގެ އަދަދު 130އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައި އެ ސަހަރުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއެެވެ.
މި ވަގުތު ޣައްޒާގައި ކާބޯތަކެތި ބަހަމުން ދަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް) ކިޔާ ޖަމުޢިއްޔާއަކުންނެވެ. އެއީ، ކާބޯތަކެތި ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. ޖީއެޗްއެފާ ގުޅިގެން ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދު ކުރުމަށް ޔަހޫދީން ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. އދން ބުނީ، ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
