
ކުޅުންތެރިން ގަތުމަށް މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރި ކޯޗަކީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކަމުގައި ވެއްޖެ އެވެ. ސްޕޭނަށް އުފަން ކޯޗު ވަނީ އޭނާ މިހާތަނަށް ކޯޗުކޮށްދިން ތިން ކުލަބަށް ކުޅުންތެރިން ގަތުމަށް 2.2 ބިލިއަން ޔޫރޯ ހަރަދުކޮށްފަ އެވެ. މިއަދަދަށް އޭނާ ހޭދަކޮށްފައިވާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މެންޗެސްޓާ ސިޓީގަ އެވެ. އޭނާ ވަނީ ސްޕޭނުގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކް އަދި ސިޓީގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. ބާސެލޯނާގައި އޭނާ ވަނީ 341 މިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ. ބަޔާންގައި ހޭދަކުރީ 203 މިލިއަން ޔޫރޯ އެވެ.
ގާޑިއޯލާ އަށް ފަހު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނޭ އެވެ. އޭނާ ހަރަދުކޮށްފައިވަނީ 1.3 ބިލިއަން ޔޫރޯ އެވެ. މި ލިސްޓުގެ ތިން ވަނަ ލިބެނީ އިޓަލީގެ ޔުވެންޓަސްގެ ކޯޗު މަސިމިލާނޯ އަލެގްރީ އަށެވެ. އޭނާ ވަނީ 1.2 ބިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ. ލިސްޓުގެ ހަތަރު ވަނާގައިވަނީ މިވަގުތު އިނގިރޭސި ގައުމީ ކޯޗުކަމުގައި ހުރި ޖަރުމަނުގެ ތޯމަސް ޓުކެލް އަށެވެ. ބޮރޫޝިޔާ ޑޯޓްމުންޑާއި ޗެލްސީ އަދި ޕީއެސްޖީ އާއި ބަޔާން އަށް ކޯޗުކޮށްދިން ޓުކެލް ހޭދަކޮށްފައިވަނީ 1.19 ބިލިއަން ޔޫރޯ އެވެ. ލިސްޓުގެ ފަސް ވަނާގައިވަނީ އިޓަލީގެ ޗެމްޕިއަން ނަޕޯލީގެ ކޯޗު އެންޓީނިއޯ ކޮންޓޭ އެވެ. އިންޓަމިލާނާއި ޔުވެންޓަސް އަދި ޗެލްސީ އަށް ކުރި ކޯޗުކޮށްދިން ކޮންޓޭ ހޭދަކޮށްފައިވަނީ 1.16 ބިލިއަން ޔޫރޯ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
