
ބާންލޭގެ ގޯލްކީޕަރު ޖޭމްސް ޓްރަފޯޑް އަލުން މެންޗެސްޓާ ސިޓީ އަށް ގެނެސްފި އެވެ. ކުރިން ވެސް ސިޓީ އަށް ކުޅުނު ކީޕަރު ލޯނު އުސޫލުން ބާންލޭ އަށް ދޫކޮށްލީ އޭނާ ގަންނަން ޖެހިއްޖެނަމަ 40 މިލިއަން އެ ކުލަބަށް ދޭ ގޮތަށެވެ. މިއަގު ދިނުމަށް ފަހު އުމުރުން 22 އަހަރުގެ އިނގިރޭސި ކީޕަރު ޓްރަފޯޑް ލައްވައި ސޮއި ކުރުވީ ކުރިއަށް އޮތް ސީޒަނުގައި އޭނާ އެ ކުލަބުގެ އެއްވަނަ ކީޕަރަކަށް ހެދުމުގެ އަޒުމުގަ އެވެ. ޓްރަފޯޑް ވަނީ އިނގިރޭސި ޗެމްޕިއަންޝިޕުގައި މޮޅަށް ކުޅެ އެއްވަނަ ކީޕަރުކަން ވެސް ހޯދައިފަ އެވެ.
ސިޓީ އަށް ސޮއި ކުރުމަށްފަހު ޓްރަފޯޑް ބުނީ އޭނާ ބޭނުންވަނީ ކޮންމެ ދުވަހަކު ސިޓީގެ އެއްވަނަ ކީޕަރުކަން ކުރަން ކަމަށެވެ. އޭނާ ސޮއި ކުރީ 2030ގެ ނިޔަލަށެވެ. “އަހަރެން ބޭނުން ކޮންމެވެސް ދުވަހަކުން މި ކުލަބުގެ އެއްވަނަ ކީޕަރުކަން ކުރަން. އަހަރެން މިއައީ މިޝަން އަކާއެކު. އަހަރެން މަސައްކަތް ކުރާނީ އެއްވަނަ މަގާމަށް،” ޓްރަފޯޑް ބުންޏެވެ.އޭނާ ގަތް އަނެއް ސަބަބަކީ ސިޓީގެ މި ވަގުތު އެއްވަނަ ކީޕަރު ބްރެޒިލްގެ އެޑަސަން އަށް ހުސްވި ދެ ސީޒަނުގައި ވެސް ކުރީގެ މޮޅު ކުޅުން ނުދެއްކުމުންނެވެ. އަދި ރަނގަޅު އޮފާ އެއް ލިބިއްޖެނަމަ ސިޓީން އޮތީ އޭނާ ވިއްކާލާގޮތަށެވެ. އުމުރުން 31 ކީޕަރު ދޫކޮށްލަން ސިޓީން ވިސްނަމުން ދަނީ އޭނާގެ ކުޅުން ދަށްވެފައިވާތީ އެވެ. ނަމަވެސް މިކަމުގައި ކޯޗު ޕެޕް ގާޑިއޯލާ އަދި ވަކި އެއްޗެއް ނުބުނާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.
ދެވަނަ ސަބަބަކީ އޭނާގެ ކޮންޓްރެކްޓް އައު ކުރެވިފައިނުވާތީ އެވެ. ކުރި އަށް އޮތް ސީޒަނާއެކު ސިޓީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނެ އެވެ. ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން ކޮންޓްރެކްޓް އައު ކުރުމަށް މަޝްވަރާ އެއް ވެސް ނުކުރެ އެވެ.އިނގިރޭސި މީޑިއާތަކުން ބުނަނީ ތުރުކީގެ ގަލަޓަސަރާއީން އެޑަސަން ގަތުމަށް ބޭނުންވާ ކަމަށެވެ. މި ގޮތުން އޭނާ ގަތުމަށް ތިން މިލިއަނާއި ފަސް މިލިއަނާ ދެމެދުގެ އަދަދެއް ހޭދަކުރަން ވެސް އެކުލަބުން ތައްޔާރު ކަމަށެވެ. ހުސްވި ސީޒަނުގައި ސައޫދީ ކުލަބުތަކުން ވެސް ވަނީ އެޑަސަން ގަތުމަށް މަސައްކަތް ކޮށްފަ އެވެ. އެކަމަކު އޭރު ސިޓީން އޭނާ ވިއްކާނުލީ ބަދަލުގައި ގޯލަށް ކުޅޭނެ މޮޅު ކީޕަރަކު ލިބެން ނެތުމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
