
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސްރީ ލަންކާގައި ބޭރުގެ އިންވެސްޓަރުންނަށް އިތުބާރުކުރެވޭނެ، ފަހި މާހައުލެއް އެބައޮތް ކަމަށް ވިދާޅުވެ، ލަންކާގައި އިންވެސްޓުކުރަން ދިވެހި ވިޔަފާރިތަކަށް އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ ދައުވަތު ދެއްވައިފި އެވެ. ޑިސަނަޔަކަ، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ޖޮއިންޓު ސްޓޭޓްމަންޓުގައި، ޑިސަނަޔަކެ ވިދާޅުވީ، ބޭރުގެ އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި ގާއިމުކޮށްދިނުމަށް، ސިންގަލް ވިންޑޯ ނިޒާމެއްގެ މަސައްކަތްކުރަމުން އަންނަ ކަމުގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކުރެއްވި ކަމަށެވެ. އެހެންވެ، ލަންކާގައި ގާއިމުކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީ ޕާކުތަކުގައި ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާބެހޭ މަޝްވަރާތައް ކުރެއްވި ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ.
“ހާއްސަކޮށް އައިޓީ/އޭއައި، ފިޝަރީޒް އެންޑް އެގްރޯ ޕްރޮސެސިން، ޓޫރިޒަމް، ރިއަލް އެސްޓޭޓް އަދި އުމްރާނީ ތަރައްގީގެ ދާއިރާއަށް އިންވެސްޓް ކުރުމަށް ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު ދިނީމެވެ،” އޭނާ ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޑިސަނަޔަކެ ވިދާޅުވި ގޮތުގައި، ޓޫރިޒަމަކީ ދެ ގައުމުގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާއަތަކަށްވާއިރު، އެކަމުގައި ދެ ގައުމުގެ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާބެހޭ ގޮތުން ވެސް ރައީސް މުއިއްޒާ އެކު މަޝްވަރާކުރެއްވި އެވެ. މީގެއިތުރުން، މޫސުމީ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރަށް އިންޑިއާގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ފޯރުކޮށްދެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފުޅާކުރުމާ މެދު ވެސް މަޝްވަރާކޮށްފައިވާ ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ދައުވަތުތަކަށް ޑިސަނަޔަކެ ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، ރާއްޖޭގައި ހުންނަ ލަންކާ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ދިވެހި ވިޔަފާރިތަކަށް ބާއްވާ ބިޒްނަސް ފޯރަމެއްގައި ޑިސަނަޔަކެ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ޑިސަނަޔަކެގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ވަނީ ދެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދެ ރައީސުންގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު، ސޮއިކުރި ދެ އެއްބަސްވުމުގެ ތެރޭގައި ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމާއި ދިވެހި ފޮރިން ސާވިސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބޭނުންވާ ތަމްރީން ދިނުމަށް ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީސް އާއި ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އާ ދެމެދު ސޮއިކުރި އެއްބަސްވުން ހިމެނެ އެވެ. ރާއްޖެ އާއި ލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ޑިސަނަޔަކެ ކުރައްވާ މި ދަތުރުފުޅަކީ، މިދިޔަ އަހަރު ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އޭނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށް ޑިސަނަޔަކެ ރާއްޖޭން ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގެ ވަގުތެއްގަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
