
ލަންކާއާއި ރާއްޖެ ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީއަކަށް މަސައްކަތްކޮށްގެން ދެ ޤައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުން ގެނެސްދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅުވީ ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސްގެ ޝަރަފުގައި ބޭއްވެވި ފުރަމަނާ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ފުރަމާނަ ޖާފަތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ލަންކާއާއި ރާއްޖެއަކީ މީގެ އެތައް ޒަމާނެއްކުރިން ފެށިގެން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ރައްޔިތުންތަކެއް އުޅޭ ދެެ ޤައުމުކަމަށެވެ. ލަންކާގައި އެކި ބޭނުންތަކަށް ގިނަ ދިވެހިތަކެއް ދިރިއުޅެމުންދާއިރު، ލަންކާއިން އަދާކުރަމުންދާ މެހެމާންދާރީއާއެކު އެ ޤައުމަކީ ދިވެހި ރައްޔިތުންނަށް އަމިއްލަ ވަޒަންފަދަ ޤައުމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ކުރިއެރުމަށް އަބަދުވެސް ސްރީލަންކާގެ ފަރާތުން އެހީތެރިކަން ލިބެމުންދާކަމަށާއި، އެގޮތުން ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާ އަދި މީހުން ބިނާކުރުމުގެ ދާއިރާއިން ބޮޑު އެހީތެރިކަމެއް އެ ޤައުމުން ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. “ފަތުރުވެރިކަން، ޑިޖިޓަލް ޓެކްނޮލޮޖީ، ސެކިއުރިޓީ ކޯޕަރޭޝަން އަދި ސަޤާފީގޮތުންވެސް ގުޅުންތައް އިތުރަށް ބަދަހިވެއްޖެ. މިއަދު، އެކުގައި ކުރެވޭ މަސައްކަތްތައް އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކުން ފުޅާކުރެވިއްޖެ. އަދި މިހާރު ދެ ޤައުމުގެ މަސައްކަތްތައްވެސް ބައްޓަންކުރަމުންދަނީ، ބަދަލުވަމުން އަންނަ ދުނިޔެއާ އެއްހަމައެއްގައި މަސައްކަތްކުރުމަށް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު ޤާއިމްކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން، ރާއްޖެއަށް މުހިންމު އެކި ދާއިރާތަކުން ކުރިއެރުމާއި ތަރައްޤީ ލިބުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ދެ ޤައުމު ގުޅިގެންކުރާ މަސައްކަތުން ދެމެހެއްޓެނިވި ތަރައްްޤީއަކަށް ވާސިލުވެވޭނެކަން ޔަޤީންކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން އެ ގޮތުގައި ދެމިއޮތުމަށާއި، އަދި ސްރީލަންކާގެ ރައްޔިތުންނަށް އުފާ ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ. މިއަހަރަކީ ދިވެހިރާއްޖެއާ ލަންކާގެ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާއަށްވާއިރު، މިއީ ލަންކާގެ ރައީސް ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުވެސްމެއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
