
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސްރީލަންކާގައި އިންވެސްޓް ކުރުމުގެ ފަހި ފުރުޞަތުތު ރާއްޖޭގެ ވިޔަވާރިތަކަށް އެބައޮތްކަަމަށް ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު އޮތް ޖޮއިންޓް ޕްރެސްގައި ވާހަކަފުޅުދައްކަވަމުންނެވެ، ސިންހަޅަ ބަހުން ދެއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން ލަންކާގެ ރައީސް ވަނީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން ކިޔުއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ. ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް އިޝާރަތްކުރައްވާ ލަންކާގެ ރައީސް ވަނީ ރާއްޖެއާއި ލަންކާއަކީ އަވަށްޓެރި ދެ ޤައުމަށްވާއިރު ސަޤާފީ ގޮތުން އެއްގޮތް ގިނަ ކަންކަން ހުރިކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިންހަލަ ބަހާއި ދިވެހި ބަހުގެ އަސްލު ގުޅިފައިވާކަމަށް ލަންކާގެ ރައީސް ފާހަގަކުރެއްވިއެވެ.
ލަންކާގެ ރައީސްގެ ވާހަކަފުޅުގައި އެޤައުމުގައި ވިޔަފާރިއާ އިންވެސްޓްމަންޓަށް ފަހި މާހައުލެއް އޮތްކަން ފާހަގަކޮށް އިންވެސްޓަރުންނަށް އެޤައުމުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ދެ ޤައުމުގެ ދެމެދު ގިނަ ދައިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެ ޤައުމުގައި މަސްވެރިކަމާއި، ޢުމްރާނީ ތަރައްޤީއާއި އައިސީޓީގެ ދައިރާ ފަދަ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް ދިވެހި ވިޔަފާރިވެރިންނަށް އެދާއިރާތަކުން އިންވެސްޓް ކުރުމަށް ދައުވަތު އަރުވާފައިވެއެވެ. އަދި ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ، ޤައުމަކަށް ވާހިނދު މި ދައިރާގައި ތަޖުރިބާ ޙިއްސާ ކުރުމާއި ގުޅިގެން މަސައްކަތްކޮށް އެ ޤައުމުގައި ފަތުރުވެރިކަމުގެ ދައިރާއިން އިންވެސްޓް ކުރުމުގެ ދައުވަތު ދިވެހި ވިޔަފާރިތަކަށް ލަންކާގެ ރައީސް ވަނީ ދެއްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މިސަރަހައްދުގައި ޤަވާއިދާއި ޚިލާފަށް ކުރެވޭ މަސްވެރިކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށާއި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ގުޅިގެން ކުރައްވާނެކަމަށް ވިދާޅުވިއެވެ. ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފަސޭހަފުޅު ވަގުތެއްގައި ލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު އަރުއްވާފައެވެ. ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދާވަ ފުރަމާނާ ދަތުރުފުޅުގެ ތެރެއިން އެޤައުމާއި ރާއްޖެއާއި ދެމެދު ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ގިނަ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދެ ޤައުމުގެ ދެމެދު މަތީ ފަންތީގެ މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
