
މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ ދުސިތު ޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓު ހުޅުވައިފިއެވެ. މި ރިސޯޓަކީ ތައިލެންޑްގެ މަޝްހޫރު ހޮޓެލް އަދި ޕްރޮޕަޓީ ޑިވެލޮޕްމެންޓް ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނިކަމަށްވާ ދުސިތު އިންޓަރނޭޝަނަލް ބުރޭންޑުގެ ރިސޯޓެކެވެ. މި ރިސޯޓް ތަރައްޤީކޮށްފައިވަނީ މާލެ އަތޮޅު ފޭދޫ ފިނޮޅުގައެވެ. ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ދޫސިތު ޑީ2 ބްރޭންޑެޑް ރިސޯޓްގައި 127 ވިލާ ހުރެއެވެ. އޭގެތެރޭގައި ބީޗް ފްރޮންޓް ވިލާތަކާއި، އޯވަރ ވޯޓަރ ވިލާތައް ހިމެނެއެވެ. މީގެ އިތުރުން، ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ 5 ރެސްޓޯރެންޓާއި، ސްޕާގެ ޚިދުމަތުގެ އިތުރުން ކިޑްސް ކްލަބެއްވެސް މި ރިސޯޓްގައި ހުރެއެވެ.

މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސްޕީޑް ބޯޓުގައި 7 މިނެޓުގެ ދަތުރަކުން ދެވޭ ރިސޯޓެކެވެ. އަދި މި ރިސޯޓުން ފަތުރުވެރިންނަށް ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވޭނެކަމަށާއި، ރިސޯޓް ތަރައްޤީކޮސްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި، ސަޤާފަތް ދައްކުވައިދޭފަދަ ގޮތަކަށްކަމަށް އެކުންފުނިން ބުނެއެވެ. ދުސިތު އިންޓަރނޭޝަނަލް ބުރޭންޑުގެ ރިސޯޓެއް މިހާރުވެސް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. އެއީ މާޅޮސްމަޑުލު ދެކުނުބުރީ މުއްދޫގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓެވެ.
ދުސިތު އިންޓަރނޭޝަނަލުން މިހާރުވެސް އަންނަނީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި 57 ޕްރޮޕަޓީ މެނޭޖްކުރަމުންނެވެ. އެގޮތުން މިހާރުވެސް އެކުންފުނިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 60 ޕްރޮޕަޓީއެއް ޤާއިމްކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
