
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިނަށް ތާއީދުކުރާ ހެކަރުންގެ ބަޔަކު ދިން ވަރުގަދަ ސައިބަރ ޙަމަލާއެއްގެ ސަބަބުން ރަޝިޔާގެ ޤައުމީ އެއަރލައިން، އެއޮރޯފްލޮޓުގެ އެތައް ފްލައިޓެއް ކެެންސަލް ކުރަން މަޖުބޫރުވެ، ރަޝިޔާގެ ޝެރެމެތުޔެވޯ ވައިގެބަނދަރުގެ ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ. އެއޮރޯފްލޮޓުން ވަނީ އެ އެއަރލައިންގެ އައިޓީ ނިޒާމަށް ދިމާވި ބޮޑު މައްސަލައަކާ ގުޅިގެން އެ އެއަރލައިންގެ 40 ފްލައިޓެއް ޖުލައި މަހުގެ 28ވަނަ ދުވަހު ކެންސަލްކޮށްފައެވެ. އޭގެ އިތުރުން 10 ފްލައިޓެއް ވަނީ ފުރަން އޮތް ގަޑިއަށް ނުފުރި، ވަރަށް ބޮޑަށް ޑިލޭވެފައެވެ. އެ އެއަރލައިނުން ބުނީ ވީ އެންމެ އަވަހަކަށް މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ފަސިންޖަރުންނަށް ރިފަންޑު ދީ އަލުން ފްލައިޓުތައް އިންތިޒާމުކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. މައްސަލަ ޙައްލުކުރުމަށް ނަގާނީ ކިހާ ވަގުތެއް ކަމެއް އެ އެއަރލައިނުން ބުނެފައެއްް ނުވެއެވެ.
ހެކަރުންގެ ގުރޫޕުތަކެއް ކަމަށްވާ ސައިލެންޓް ކްރޯއިން އާއި ބެލަރޫސިއަން ސައިބަރ-ޕާޓިސަންސްއިން ވަނީ އެއަރލައިނަށް ދިން ސައިބަރ ޙަމަލާގެ ޒިންމާ އުފުލައިފައެވެ. ސައިލެންޓް ކްރޯގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ އެއޮރޯފްލޮޓުގެ އައިޓީ ނިޒާމަށް އެ ގުރޫޕުން ޙަމަލާތައް ދީ، ނިޒާމުގެ ތެރެއަށް ވަންނަމުންދާތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށެވެ. އެ އެއަރލައިންގެ 7،000 ސަރވަރު ބޭނުންނުކުރެވޭ ގޮތް ހަދާފައިވާ ކަމަށާއި އެ އެއަރލައިންގެ އެެތެރޭގެ ނެޓުވޯކުތަކަށް ވަދެވޭނެ ދޮރުތައް އެ ގުރޫޕުން ޤާއިމުކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އެއާއެކު ފަސިންޖަރުންގެ މަޢުލޫމާތާއި އެއަރލައިންގެ ހިންގުމާ ބެހޭ މުހިންމު މަޢުލޫމާތު އެ ގުރޫޕަށް ބެލޭ ކަމަށް ވެސް ބުނެފައިވެއެވެ. އެއޮރޯފްލޮޓުން ދަތުރުކޮށްފައިވާ ހުރިހާ ފަސިންޖަރުންގެ މަޢުލޫމާތު ލީކުކޮށްލާނެ ކަމުގެ އިންޒާރު ވެސް ހެކަރުން ދީފައިވެއެވެ. ރަޝިޔާގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެއޮރޯފްލޮޓުގެ އައިޓީ ނިޒާމަށް ދިމާވެފައިވާ މައްސަލައަކީ ހެކަރުންގެ ޙަމަލާއެއްގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކެއްކަން ކަށަވަރުކޮށްދީފައެވެ. އަދި އެ މައްސަލައާ ގުޅިގެން ޖިނާޢީ ތަހުޤީޤެއް މިހާރު ވަނީ ފަށައިފައެވެ.
ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނު، ދިމިތުރީ ޕެސްކޮވް ވަނީ ކުރިމަތިވެފައިވާ ޙާލަތަކީ ވަރަށް ކަންބޮޑުވާން ޖެހޭ ޙާލަތެއް ކަމަށް ވިދާޅުވެ، ސައިބަރ ޙަމަލާތަކުގެ ސަބަބުން ރަޝިޔާގެ އެކި ދާއިރާތަކަށް އޮތް ނުރައްކަލުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. އޭނާ ވަނީ ހެކަރުންގެ ނުރައްކަލަކީ އާބާދީއަށް ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ބޮޑެތި ކުންފުނިތަކަށް ވެސް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. ރަޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ވެސް ވަނީ ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަނގުރާމައެއް ކުރަމުންދާ މި ދަނޑިވަޅުގައި، އަސްކަރީ ޙަމަލާތަކުގެ އިތުރުން ސައިބަރ ޙަމަލާތައް ވެސް އެ ޤައުމަށް އަމާޒުވަމުންދާ ކަމުގެ އިންޒާރު ދެއްވައިފައެވެ. ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ސައިބަރ ޙަމަލާ ދިން މީހުން ހޯދުމުގެ އިތުރުން، އެ ފަދަ ޙަމަލާއެއް ދިނުމަށް މަގުފަހިވީ ކޮން ބައެއްގެ އިހުމާލުންތޯ ބަލައި އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވައިފައެވެ.
ސައިލެންޓް ކްރޯއިން މީގެ ކުރިން ވެސް ވަނީ ރަޝިޔާއަށް އަމާޒުކޮށް ވަރުގަދަ ސައިބަރ ޙަމަލާތައް ދީފައެވެ. އެގޮތުން ރަޝިޔާގެ ރިއަލް އެސްޓޭޓް ޑާޓާބޭސްއަކަށާއި، މުވާސަލާތީ ކުންފުންޏަކަށާއި، ވަރުގަދަ އިންޝޫރަންސް ކުންފުންޏަކަށާއި، މޮސްކޯގެ ސަރުކާރުގެ އައިޓީ ޑިޕާޓްމަންޓަށާއި ދެކުނު ކޮރެޔާގެ ކާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ކޭއައިއޭގެ ރަޝިޔާ އޮފީހަށް ދީފައިވާ ސައިބަރ ޙަމަލާތަކެއްގެ ޒިންމާ އެ ގުރޫޕުން ވަނީ އުފުލައިފައެވެ. އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ޙައްސާސް މަޢުލޫމާތު ވަނީ ލީކުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
