
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކެމްބޯޑިޔާއާއި ތައިލެންޑާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައް ޖުލައި މަހުގެ 28 ދުވަހުގެ 12 ޖެހުމުން އެއްވެސް ޝަރުތަކާ ނުލައި ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެއްޖެއެވެ. ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެެދު ޙަމަލާ ބަދަލުކުރަން ފެށީ ޖުލައި މަހުގެ މެދުތެރޭގައި، ސަރަޙައްދީ ރޮނގު ކައިރިން ތައިލެންޑުގެ ސިފައިންގެ މީހަކަށް ޒަޚަމްވުމާ ގުޅިގެންނެވެ. ތައިލެންޑުން ވަނީ ސަރަޙައްދީ ރޮނގު ކައިރީގައި ކެމްބޮޑިޔާއިން މައިން ވަޅުލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ކެމްބޯޑިޔާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
އެ މައްސަލަ އިތުރަށް ގޯސްވެ ދެ ފަރާތުގެ ސިފައިން ވަނީ ސަރަޙައްދީ ރޮނގު ކައިރީގައި ޙަމަލާ ބަދަލުކުރަން ފަށާފައެވެ. ދެ ފަރާތުން ވެސް ޙަމަލާ ދިނުމަށް ވަރުގަދަ ހަތިޔާރު ދަނީ ބޭނުން ކުރަމުންނެވެ. އަދި ވައިގެ ޙަމަލާތައް ވެސް ދަނީ ދެމުންނެވެ. މިއީ، ސަރަޙައްދީ ރޮނގުގެ މިލްކުވެރިކަމާމެދު އެތައް ޒަމާނެއް ވަންދެން ދެބަސްވަމުންދާ މި ދެ ޤައުމުގެ ދެމެދުގައި ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ބަދަލުކުރާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. މި ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 36އަށް އަރައިފައެވެ. އޭގެތެރޭގައި ގިނައީ އާންމުންގެ މީހުންނެވެ. ޙަމަލާތައް ބަދަލުކުރާތީ، ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ 300،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ.
ކެމްބޯޑިޔާއާއި ތައިލެންޑާ ދެމެދުގައި ޙަމަލާ ބަދަލުކުރަން ފެށުމުން މެލޭޝިިޔާ އިސްވެ، އެމެރިކާއާއި ޗައިނާގެ އެހީތެރިކަމާއެކު ވަނީ ދެ ފަރާތް އެއްގަލަކަށް އެރުވޭތޯ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ބޭއްވި މަޝްވަރާތަކުގައި ތައިލެންޑާއި ކެމްބޯޑިޔާގެ އިސްވެރިން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެ، ދެ ޤައުމުގެ ދެމެދުގައި ސީދާ މުޢާމަލާތްތައް ކުރަން އަލުން ފެށުމަށް އެއްބަސްވެފައެވެ. އަދި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުން ތަންފީޒު ކުރާނެ ގޮތްތަކާ މެދު ވެސް އެއްބަސްވުމަކާ ހަމައަށް އައިސްފައިވެއެވެ.
މަޝްވަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާޙިމް ވިދާޅުވީ ތަންފީޒީ މަރުހަލާ ފުރިހަމައަށް ކުރިއަށް ގެންދޭތޯ ބެލުމަށް މެލޭޝިޔާގެ ޚާއްޞަ ޓީމެއް ކަނޑައަޅުއްވާނެ ކަމަށެވެ. އެއީ އަލުން ޞުލްޙައާއި ސަލާމަތް ޤާއިމު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން ސުލްޙަ ޤާއިމު ކުރުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
