
ތައިލޭންޑުގެ ވެރިރަށް ބެންގކޮކްގައި ބަޑައިޖަހައި ހަ މީހަކު މަރާލާފައިވާ ކަމަށް، އެ ޤައުމުގެ ފުލުހުން ބުނެފިއެވެ. މި ހާދިސާގައި ހިނގާފައިވަނީ ބެންގކޮކްގައި ހުންނަ މާރުކޭޓެއްގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ. މި ޙަމަލާދީފައިވަނީ ބެންގކޮކްގައި ހުންނަ މަޝްހޫރު “އޯ ތޯ ކޯ” މާރުކޭޓުގެ ތެރޭގަ އެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސެކިޔުރިޓީ ބަލަހައްޓަން ތިބި ހަތަރު މީހަކާއި، ތަރުކާރީ ވިއްކަން ތިބި ބަޔަކު ވެސް ހިމެނޭކަމަށްވެއެވެ. ޙަމަލާދިން މީހާ، ބަޑިޖަހައި ފަސް މީހުން މަރައިލުމަށްފަހު، އަމިއްލައަށް މަރުވެފައިވާކަމަށް ފުލުހުންނާ ޙަވާލާދީ ބައެއް ނޫސްތަކުން ބުންޏެވެ. އެ ހާދިސާ ހިނގި ވަގުތު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ މީހާ ވަނީ ބަޑި ހިފައިގެން، ޕާކިން ޒޯނުން، މާރުކޭޓު ތެރެއަށް ވަދެފައެވެ.
ކަޅުކުލައިގެ ޓީޝާޓެއް ލައިގެން، ކޮނޑުގައި ދަބަހެއް އަޅުވައިގެން އެ މީހާ ވަނީ މާރުކޭޓު ތެރެއަށް ވަދެ، އެ ވަގުތު އެތަނުގައި ތިބި މީހުންނަށް އަމާޒުކޮށް ބަޑިން ޙަމަލާދީފައެވެ. އެ ޙަމަލާގައި ޒަޚަމްވި އިތުރު ދެ މީހަކަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ، އެ ޙަމަލާދިން ސަބަބު ތަހުޤީޤުކުރަމުންދާ ކަމަށާއި، މިގޮތުން، ތައިލޭންޑާއި ކެމްބޯޑިޔާއާ ދެމެދު މިހާރު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ، މި ޙަމަލާއާ ގުޅުމެއް ވޭތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.
މި ޙަމަލާދީފައިވަނީ އުމުރުން 61 އަހަރުގެ މީހެއް ކަމަށާއި އޭނާ މީގެކުރިން ވަނީ ސެކިޔުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. މި ޙަމަލާގައި އެއްވެސް ޓޫރިސްޓަކަށް ގެއްލުމެއް ލިބިފައިނުވާކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދީފައެވެ. އާންމުކޮށް މޭވާ އާއި ތަރުކާރީގެ ބާވަތްތައް ވިއްކާ އޯ ތޯ ކޯ މާރުކޭޓަކީ، ޓޫރިސްޓުންގެ މެދުގައި ވެސް މަޤުބޫލު މާރުކޭޓެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
