
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަތޮޅު އަދި ޒޯން ފުޓްބޯޅަ މުބާރާތް މި އަހަރު ފަށަން ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ. ހޮނިހިރު ދުވަހު މަގާމާ ހަވާލުވި ރައީސް އަހުމަދު ތޯރިގް (ޓޮމް) ބޭއްވި ފުރަތަމަ އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވަނީ އެފްއޭއެމުގެ ގަވާއިދުގެ 86 ވަނަ މާއްދާފައި ބަޔާން ކުރާ ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމަށް ބާރު އެޅުމުގެ ގޮތުންނެވެ. ނަމަވެސް މި މުބާރާތް ރާވައި ބާއްވާނެ ވަކި ދުވަހެއް ކަނޑައަޅާނީ އެފްއޭއެމުގެ ކޮމިޓީތަކަށް މެމްބަރުން ނެގުމަށް ފަހު އެވެ. މި ގޮތުން ކޮމިޓީ ތަކަށް މެމްބަރުން ހޮވުމަށް މިހާރު ވަނީ ކުލަބުތަކަށް ދޫކޮށްލައިފަ އެވެ.
އަތޮޅު އަދި ޒޯން ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ވަރަށް ފޯރިއާއެކު ކުރިއަށް ދިޔަ މުބާރާތެކެވެ. ނަމަވެސް މި މުބާރާތް މި ފަހުން ނުބާއްވައި ދިޔައީ މާލީ ގިނަ މައްސަލަތަކަކާ ހެދި އެވެ. މި ގޮތުން އެފްއޭއެމުން އަތޮޅު ތެރޭގައި ބޭއްވި މުބާރާތްތަކުގައި ރަށްރަށުގެ ހޮޓާތަކާއި ކެފޭތަކާއި ގެސްޓް ހައުސްތަކަށް ދޭންވާ ފައިސާ ނުދީ ހުރުން ފަދަ ކަންތައްތައް ހިމެނެ އެވެ. އެފްއޭއެމުގެ އެންމެ ފަހުގެ އިންތިހާބުގެ ކުރިން އެންމެ ބޮޑަށް މައްސަލަ ގޯސްވި އެއް ކަމަކީ ވެސް އަތޮޅު ތެރޭގެ ޓީމުތަކަށް ވޯޓު ލުމުގެ ފުރުސަތު ނުދިނުމެވެ. ނަމަވެސް މިކަން މި ފަހަރު މަޑުޖައްސާލަން އެންގީ ރާއްޖެ ވަޑައިގެންނެވި ފީފާގެ އޮފިޝަލުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
