
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ދިވެހި ފުޓްބޯޅައިގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމަށް ހާއްސަ ކޮމިޓީ އެއް ނަގަން އެފްއޭއެމުން ނިންމައިފި އެވެ. ހޮނިހިރު ދުވަހު މަގާމާ ހަވާލުވި ރައީސް އަހުމަދު ތޯރިގް (ޓޮމް) ބޭއްވި ފުރަތަމަ އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވަނީ މި ކޮމިޓީ އަށް ނަންތައް ހުށަހެޅުމަށް ކުލަބުތަކަށް ފުރުސަތު ދިނުމަށެވެ. ދިވެހި ފުޓްބޯޅައިގެ ރަންޔޫބީލް ފާހަގަ ކުރީ 2000 ވަނަ އަހަރު އެވެ. އެއީ ސަރަހައްދީ ގައުމުތަކަށް ދައުވަތު ދީގެން ބޭއްވި ހާއްސަ ފުޓްބޯޅަ މުބާރާތަކުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބާއްވާފައިވަނީ 1947 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ކުރިން ތަފާތު ސިފަސިފާގައި މުބާރާތްތައް ބާއްވަމުން ގޮސްފައިވެ އެވެ. ނަމަވެސް ގައުމީ ފުޓްބޯޅަ މުބާރާތުން ރަސްމީކުލަ ޖެއްސި މުބާރާތް ގަވާއިދުން ބާއްވަމުން އައިސް މި އަހަރަކީ ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅޭތާ 75 ވަނަ އަހަރެވެ.
މިކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމައި އެފްއޭއެމުން ކޮމިޓީ އެއް ނަގަން ނިންމާފައިވާއިރު ދިވެހި ފުޓްބޯޅަ ވަނީ ފާއިތުވެދިޔަ މުއްދަތުގައި ސަރަހައްދީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. މި ގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން ހިމެނެ އެވެ. މީގެ އިތުރުން ވަނީ ފުޓްސަލް އަދި ބީޗް ސޮކާ ކޮމިޓީ އެކުލަވާލަން ވެސް ނިންމައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
