
ސަރުކާރުން ފަށާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމާއެކު ދިވެހި ސަފައިންނާއި ފުލުހުންގެ ޚިދުމަތަށް އަނެއްކާވެސް އިތުރު ކުރިއެރުންތަކެއް ގެންނާނެ މަސައްކަތަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްޖޫރިއްޔާ މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ދިވެހި ސިފައިންނާ ފުލުހުންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތުގައެވެ. ރައީސް ވިދާޅުވީ ސިފައިންނާ ފުލުހުންގެ ޚިދުމަތަކީ ކޮންމެ ދިވެއްސަކު ފަޚުރުވެރިވާންޖެހޭ ޚިދުމަތެއްކަމަށެވެ. ފުލުހުންނާއި ސިފައިންގެ ތަރައްޤީއަށް ކުރާ ކޮންމެ މަސައްކަތަކީ، މުޅި ޤައުމާ ދިވެހި ހުރިހާ ރައްޔިތުންނަށްކޮށްދެވޭ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއަކީ ފަޚުރުވެރި މިނިވަން ޤައުމެއްކަމަށާއި ދިވެހިންގެ ކަންކަން ބަލަހައްޓާނީ ދިވެހިން އަމިއްލައަށްކަމަށެވެ.
ވަށައިގެން ކަނޑު އޮތް މިކުޑަ ޤައުމަކީ ކަނޑުގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު އެންމެ ބޮޑު ޤައުމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ސަރަޙައްދަށް ބެލިއަސް ކަނޑުގެ ސަރަޙައްދު އެންމެ ބޮޑު ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ. އާބާދީ މިލިޔަނަށް ނޭރިއަސް މިއީ ވަރަށް ފަޚުރުވެރި ޤައުމެއްކަމަށް ރައީސް ވިދާޅުވިއެވެ. “މި ޤައުމުގެ ކޮންމެ އަކަ އިންޗިއެއް ބަލަހައްޓާނީ އަޅުގަނޑުމެއް އަމިއްލައަށް. އެއީ ޤަބޫލުކުރާ ހަމައަކީ. ކެޕޭސިޓީ އިތުރުކުރުމާ ފަންނީ އެހީ އަދި ވަސީލަތުގެ އެހީ ހޯދަންވީ، އެ ސިޔާސަތު އޮންނާންވާނެ. އެކަމަކު ބަޔަކު އައިސް ރާއްޖޭގައި ތިބުމަކީ ސިޔާސަތެއް ނޫން” ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ ސަރުކާރުން ފަށާފަވާ ނެޝަނަލް ސަރވިސް ޕްރޮގްރާމަކީ، އަނެއްކާވެސް މި ޚިދުމަތްތައް ބޮޑު ކުރިއެރުމެއް ގެންނާނެ މަސައްކަތަކަށްވާނެކަމަށެވެ. ޤައުމުގެ ކުރިއެރުމުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރާ މި މަސައްކަތުގައ، ދިފާޢީ ބާރުތައް ވަރުގަދަކުރުމަށް ކުރީ ސަފަށް ނިކުންނާނެ އެތައް ދިވެހި ޒުވާނުން އުފެދޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތްތަކަށް ކޮށްދޭ ކޮންމެ ކަމަކީ، ދިވެހި ޤައުމުގެ މިނިވަންކަން އަމިއްލަ އަތްމަތީގައި ބޭއްވުމަށް ކުރައްވާ މަސައްކަތްކަމަށެވެ. އަދި ދިވެހިންގެ އަމާންއަމާކަމާއި ސުލްޙަވެރިކަން ދަމަހައްޓާ، ސަލާމަތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުންކަމަށެވެ.
“އަމާޒަކީ މި ވެށި، އަމާން ސުލްހަވެރި ވެއްޓަކަށް ހެދުން. އެކަން ކުރަންތިބި ބަޔަކީ ތިޔަ ފުލުހުންނާ ސިފައިން. ތިބޭފުޅުންގެ ކުރިއެރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ފަޚުރުވެރިކަމާއެކު އެންމެ އިސްކަންދީގެން ކޮށްދޭނަން” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފުލުހުންނާ ސިފައިންގެ ޚިދުމަތްތައް ފުޅާކޮށް، މީހުން ބިނާކުރުމަށް ވަރަށް ގިނަ މަސައްކަތްތައް މި ދަޢުރުގައި ކުރައްވާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
