
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވުމާއި، އެއް މަޒުހަބެއްގައި އެންމެން އުޅުމަކީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެކެވެ. މިއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ދިވެހިން އެއްބައިވަންތަ ބަޔެއްގެ ގޮތުގައި ދެމިތިބުމަށް މެދުވެރިކުރުވާ އެންމެ މުހިންމު ބަހާތަކަކީ އިސްލާމްދީނާއި، ދިވެހިބަހާއި، ސަޤާފަތެވެ. ތާރީޚަށް ބެލި ކަމުގައި ވިޔަސް، ދިވެހިން އަބަދުވެސް އެއް ސަގާފަތެއްގައި އަދި އެއް ބަހަކުން ވާހަކަދައްކަމުން އައިސްފައިވެއެވެ. މިކަމުގެ ސަބަބުން ދިވެހިންގެ އެއްބައިވަންތަކަމާއި ހިތްހެޔޮކަން ކޮންމެ ކަންކޮޅަކުންވެސް ފެނިގެންދެއެވެ.
ނަމަވެސް، ފަހަކަށް އައިސް ބޭރުގެ ބަސްތަކާއި ސަގާފަތްތައް ދިވެހި މުޖުތަމަޢަށް ވަދެ، ޚާއްޞަކޮށް ޒުވާން ޖީލުގެ މެދުގައި ޓްރެންޑަކަށް ވެފައިވާކަން ފާހަގަކުރެވެއެވެ. ދިވެހި ބަހާއި ސަޤާފަތް ކުރިއަށް ގެންދިއުމާއި، ކާބަފައިންގެ ރީތި އާދަތައް އެއްޖީލުން އަނެއްޖީލަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. ދުނިޔޭގެ ތަރައްޤީގެ ތެރޭގައި މާލީ މަންފާއަށް ބަލައިގެން ކުރެވޭ ކަންކަމުން ދިވެހިންގެ ފަރުދީ ފައިދާއަށް އިސްކަންދެވޭތީ އެއްބައިވަންތަކަން ހީނަރުވާކަމަށް ފެނިދާނެއެވެ. އެހެންނަމަވެސް، ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި، ޚާއްސަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި، ދިވެހިން އެއް އާއިލާއެއްގެ ގޮތުގައި އެކަތިގަނޑަކަށް ވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދޭނެ އެންމެ ފުރިހަމަ މިސާލެވެ.
އެންމެ އިހުޒަމާނުންސުރެއް މިއަދާހަމައަށްވެސް ދިވެހިން ދިވެހިންގެ ގޮތުގައި ދެގޮތެއްނުވެ ތިބުމުގެ މައިގަނޑު ސަބަބަކީ ދިވެހިންގެ ބަހާއި ސަގާފަތެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
