
ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން ދިޔަ އާޖެންޓީނާގެ މިޑްފީލްޑަރ ރޮޑްރިގޯ ޑިޕޯލް އެ ކްލަބު ދޫކޮށް އެމެރިކާގެ އިންޓަރ މަޔާމީ އަށް ބަދަލުވާން ނިންމައިފި އެވެ. އުމުރުން 31 އަހަރުގެ ޑިޕޯލް އިންޓަރ މަޔާމީ އަށް ބަދަލުވާން ނިންމިއިރު އެ ކްލަބަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީވެސް ކުޅެމުންދާ ކްލަބެވެ. އަދި އިންޓަރ މަޔާމީ އަށް މި ވަގުތު ކޯޗު ކޮށްދެމުންދަނީ މެސީ އާއިއެކު ކުރިން އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނު ހާވިއާ މަޝެރާނޯ އެވެ. އާޖެންޓީނާގެ ޑިއެގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން އެތްލެޓިކޯ މެޑްރިޑްގައި ޑިޕޯލް ހޭދަކުރި ހަތަރު ސީޒަނުގައި އޭނާ ވަނީ އެ ކްލަބަށް 200 ވަރަކަށް މެޗު ކުޅެދީފަ އެވެ.
2012 ވަނަ އަހަރު އާޖެންޓީނާގެ ކްލަބް ރޭސިން އިން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ފެށި ރޮޑްރިގޯ ޑިޕޯލް ވަނީ އޭގެ ފަހުން ސްޕެއިންގެ ވެލެންސިއާގެ އިތުރުން އިޓަލީގެ އުދިނޭސީ އަށްވެސް ކުޅެފަ އެވެ. ރޮޑްރިގޯ ޑިޕޯލް އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ކްލަބް ވޯލްޑްކަޕްގަ އެވެ. އޭނާ ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދިއިރު އެ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ޑިޕޯލް ވަނީ އާޖެންޓީނާ އާއިއެކު ފީފާ ވޯލްޑްކަޕްގެ އިތުރުން ދެ ފަހަރު މަތިން ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކަމާއި ފައިނަލިސީމާގެ ރަން މެޑަލް ހޯދާފަ އެވެ.
ލިއޮނެލް މެސީ އާއި ގާތް ގުޅުމެއް ބާއްވާ ކުޅުންތެރިއެއްގެ ގޮތުގައި ޑިޕޯލް ފާހަގަވެފައިވާއިރު އިންޓަރ މަޔާމީގެ ވެރިޔާ އިންގްލެންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ އިތުރުން މެސީ އާއިއެކު ޑިޕޯލް ވަނީ މަޔާމީގައި ދާދި ފަހުން ބައްދަލުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
