
އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ސްޕޭނުގެ ޑިފެންޑަރު ޖޯޑީ އަލްބާ ސަސްޕެންޑްކޮށްފި އެވެ. މި ސަސްޕެންޝަނުގެ ސަބަބުން އެމެރިކާ ލީގުގައި މިއާމީ ކުޅޭ އެއް މެޗު މި ދެ ކުޅުންތެރިންނަށް ވެސް ގެއްލޭނެ އެވެ. އެމެރިކާ ލީގުން މި ދެ ކުޅުންތެރިން ސަސްޕެންޑް ކުރީ އެ ކުޅުންތެރިން މޭޖަ ސޮކާ ލީގުން އިންތިޒާމް ކުރާ އޯލް ސްޓާ ޓީމުގެ މެޗުގައި ކުޅެން ދެ ކޮޅު ހެދުމުންނެވެ. ލީގުން ނިންމީ މި ދެ ކުޅުންތެރިން މެޗުގައި ކުޅެން ނިންމިއިރު އެކަށީގެންވާ ސަބަބެއް ނެތް ކަމަށެވެ.
ނަމަވެސް މިއާމީގެ ކޯޗު ހާވިއާ މަޝެރާނޯ ވަނީ މި ކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ އޯލް ސްޓާ ޓީމުގެ މެޗެއް ކުޅުމަކީ ގޯސް ކަމެއް ނޫން ކަމަށެވެ. ނަމަވެސް ސީޒަނުގެ މެދުތެރެއިން ޓީމުތަކުގެ ތައްޔާރީތަކަށް ނޭދެވޭ އަސަރު ކުރާ ގޮތަށް މި މެޗު ކުޅުން ރަނގަޅު ނޫން ކަމަށެވެ. “މެސީ މި މެޗުގައި ކުޅެން ނިންމީ އޭނާ އަށް އުނދަގޫތަކެއް ހުރުމުން. ކޮންމެ ތިން ދުވަހަކުން މެޗު ކުޅޭއިރު ކުޅުންތެރިންނަށް ހާނިއްކަވާނެ. ނަސީބަކުން އޭނާ އަދި ބަރާބަރަށް އެ ދަނީ މެޗުތައް ކުޅެމުން. އެކަމަކު އޭނާ އަށް ހާނިއްކައިގެ މައްސަލަތަކެއް ހުރުމާއެކު މި މެޗުގައި ނުކުޅެން ނިންމީ،” މަޝެރާނޯ ބުންޏެވެ.
ނަމަވެސް ލީގުން ބުނީ ކުޅުންތެރިން ސަސްޕެންޑް ކުރީ ލީގުގެ ގަވާއިދުގައި މި މެޗަށް ނަގައިފިނަމަ ސަބަބެއް ނެތި މެޗު ނުކުޅެ ހުރެގެން ނުވާނެ ކަމަށް ބުނެފައިވާ މާއްދާގެ ދަށުން ކަމަށެވެ. އިންޓަ މިއާމީން ބުނީ މި ސަސްޕެންޝަނުގެ ސަބަބުން އެ ކުލަބުން މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއި ކުރުވަން ކުރާ މަސައްކަތަކަށް ހުރަސް ނޭޅޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރާ ކަމަށެވެ. އުމުރުން މިހާރު 39 އަހަރުގެ މެސީ މިހާރު ކުޅެމުންދަނީ ބޮޑު އަނިޔާއެއް ނުވެ ހުރެވޭނެ ގޮތަށެވެ. ސަބަބަކީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުގައި ކުޅެން އޭނާ ބޭނުންވާތީ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
