
ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބީ ކޮންގްރެސް ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކަމަށްވާ މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ. މި ކޮންގްރެސް އަށް ދުނިޔެގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން އޭއެފްސީގެ ޓީމުތަކުން ވެސް މިހާރު ވަނީ މާލެ އައިސްފަ އެވެ. މި ފަހަރުގެ އިންތިހާބަށް ކުރިމަތިލެއްވީ ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އެކަންޏެވެ. މިހެންވެ މިއަދުގެ ކޮންގްރެސްގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރަށް ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބާރުގަދަ މަގާމު ފެންނަ ނުފެންނަ ވޯޓު ނެގުމެވެ. ޓޮމް ރައީސް ކަމަށް ކުރިމަތިލެއްވީ އިންތިހާބުގައި ވޯޓު ދެވޭ ހުރިހާ ކުލަބެއްގެ ތާއީދާއެކުގަ އެވެ.
ގައުމީ ޓީމަށް މޮޅަށް ކުޅުނު ފޯވަޑް ޓޮމް ވަނީ 2015 ވަނަ އަހަރު އެފްއޭއެމުގެ ރައީސްކަން ހަތަރު މަސް ދުވަހު ކޮށްފަ އެވެ. އެ ފަހަރު އޭނާގެ މަގާމު ގެއްލުވާނީ އޭނާގެ އެކްސްކޯގެ މެޖޯރިޓީ އިސްތިއުފާ ދީގެންނެވެ. ނިއުރޭޑިއަންޓާއި ވެލެންސިއާ އަދި ވީބީ އަށް ކުޅުނު ޓޮމް އަށް މި ފަހަރު ރައީސްކަން މި ލިބުނީ ރާއްޖޭގެ ފުޓްބޯޅަ ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ ވަގުތެއްގަ އެވެ. އެއީ އެފްއޭއެމުގެ ހުސްވި މެނޭޖްމަންޓުން ހާއްސަކޮށް ރައީސް ބައްސާމް އަދީލް ޖަލީލްގެ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ އެފްއޭއެމް ވަރަށް ބޮޑަށް ދަރާފައިވަނިކޮށެވެ. މިހާތަނަށް ލަފާކޮށްފައިވާ ގޮތުންނަމަ އެފްއޭއެމުގެ ދަރަނި ވަނީ 150 މިލިއަނަށް އަރައިފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ނުބާއްވާތާ ވެސް މިހާރު ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.
މީގެ ކުރިން ޕީއެސްއެމް ސްޕޯޓްސް އަށް ދެއްވި އިންޓަވިއުގައި ޓޮމް ވިދާޅުވީ އޭނާ އުއްމީދު ކުރަނީ އެއް އަހަރު ތެރޭގައި އެފްއޭއެމް އާއްމު ހާލަތަށް ގެނެވޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
