
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެ ވަޑައިގަތުމުން އިންޑިއާގައި ތިބި ރައްޔިތުން، އެމަނިކުފާނަށް އޮތް ލޯބި ދައްކާލައިފިއެވެ. ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުން ވަރަށް ގިނައެވެ. ހާއްސަކޮށް ތައުލީމީ ދާއިރާގައި ޓީޗަރުންގެ ގޮތުގައި އަދި ސިއްހީ ދާއިރާގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުން ހިމެނެއެވެ. އެއާ އިންޑިއާގެ މަތިންދާ ބޯޓެއްގައި މޯދީ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނެވެ. މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެންމެ ފުރަތަމަ ވެސް މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއަށް ފަހު މޯދީގެ ޝަރަފްގައި ގާޑް އޮފް އޮނާއެއް އެރުވުން އޮތެެވެ. ގާޑް އޮފް އޮނާއަށް ފަހު މަރުހަބާ ދެންނެވުމުގެ ގޮތުން މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންގެ ހާއްސަ އައިޓަމެއް ހުށަހެޅިއެވެ.

އަދި ރައީސް ޑރ. މުއިއްޒާއި މޯދީ ވަނީ އެ ދަރިވަރުންނާ އެކުގައި ފޮޓޯއަކަށް ހުއްޓިވަޑައިގެންފައެވެ. އެއަށް ފަހު، މޯދީ ލޯންޗަށް އަރައިވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތުގައި އެއާޕޯޓުގެ ފާލަން ކައިރީގައި ގިނަ އަދަދެއްގެ އިންޑިއާގެ ރައްޔިތުން އިންޑިއާ ދިދަ ހިފައިގެން ތިއްބެވެ. އަދި އެމީހުން ދިޔައީ މޯދީ އަށް ވަރަށް ބޮޑަށް ތައުރީފްކޮށް ޝުއޫރު ފާޅުކުރަމުންނެވެ. މޯދީ ވަނީ އެ ރައްޔިތުންނާ ބައްދަލު ކުރައްވައި ސަލާމް ވެސް ކުރައްވައިފައެވެ.

މޯދީ ދެން ވަޑައިގެންނެވީ އެމަނިކުފާނު ހުންނެވުމަށް ހަމަޖެހިފައިވާ ކުރުނބާ މޯލްޑިވްސްއަށެވެ. އެ ރިސޯޓަށް ވަޑައިގަތުމުން ވެސް ގިނަ އަދަދެއްގެ އިންޑިއާގެ ރައްޔިތުން ވަނީ މޯދީ އަށް މަރުހަބާ ދަންނަވައިފައެވެ. ބައެއް ކުޑަކުދިން ތިބީ މޯދީގެ ފޮޓޯ ކުރަހާފައިވާ ޕޯސްޓަރުތައް ވެސް ހިފައިގެންނެވެ. މޯދީ ރާއްޖެއަށް ވަޑައިގެންނެވީ ރައީސް ޑރ. މުއިއްޒުގެ ހާއްސަ ދައުވަތަކަށެވެ. ބޮޑުވަޒީރު މޯދީ ވަޑައިގެންނެވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން މާދަމާ ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުވެސް މެއެވެ. މޯދީ އަށް ރަސްމީކޮށް މަރުހަބާ ދަންނަވާނީ މިއަދު މެންދުރު ފަހު ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
