
(ފޮޓޯ ކްރެޑިޓްސް: މިތެން ޕަޓޭލް)
މިދިޔަ ޖޫން މަހުގެ ތެރޭގައި އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ވެއްޓުނު ހާދިޘާގައި މަރުވި މީހެއްގެ ހަށިގަނޑުގެ ބައިތައް ޢާއިލާއަށް ރައްދުކުރިއިރު، ސަންދޯކުގައި އެހެން މީހުންގެ ހަށިގަނޑުގެ ބައިތައް ވެސް ހުރި ކަމަށް ޢާއިލާއިން ބުނެފިއެވެ. އިންޑިޔާގެ އަޙްމަދުއާބާދު ވައިގެ ބަނދަރުން ނައްޓާލިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެއްޓުނު އެއަރ އިންޑިޔާ ފްލައިޓް 171ން ދަތުރުކުރި އެކަކު ފިޔަވައި އެންމެން ވަނީ މަރުވެފައެވެ. 260 މީހުން މި ހާދިޘާގައި މަރުވިއިރު، އިންޑިޔާގެ ސަރުކާރުން ދަނީ އެ މީހުންގެ ހަށިތައް އެ މީހުންގެ ޢާއިލާތަކާ ޙަވާލުކުރަމުންނެވެ. އިނގިރޭސިވިލާތުގައި ދިރިއުޅޭ މިތެން ޕަޓޭލްގެ މަންމަ އާއި ބައްޕަ ވަނީ މަތިންދާބޯޓު ވެއްޓުމުގެ ހާދިޘާގައި މަރުވެފައެވެ. އެ ހާދިޘާއަށް ފަހު އިންޑިޔާގެ ސަރުކާރުން ވަނީ އޭނާގެ މައިންބަފައިންގެ ހަށިތައް އިނގިރޭސިވިލާތަށް ފޮނުވައިދީފައެވެ. ނަމަވެސް އެ ހަށިތައް ތަހުލީލުކުރި ކޮރޯނަރު، މަންމަގެ ސަންދޯކުގައި މަންމަގެ ހަށިގަނޑުގެ ބައިތަކުގެ އިތުރުން އެހެން މީހުންގެ ހަށިގަނޑުގެ ބައިތައް ވެސް ހުރި ކަމަށް ބުނެފައިވާ ކަމަށް މިތެން ބުނެއެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ޑެއިލީ މެއިލުން ވެސް ވަނީ މަތިންދާބޯޓު ވެއްޓުނު ހާދިޘާގައި މަރުވި މީހުންގެ ހަށިތައް ޢާއިލާތަކަށް ރައްދުކުރުމުގައި އޮޅުންތައް އަރާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެ ތުހުމަތުތަކާ ގުޅިގެން އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ މަރުވި މީހުންގެ ހަށިތަައް ޢާއިލާތަކާ ޙަވާލުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޒިންމާދާރުކަމާއެކު، އިޚްތިރާމާއެކުގައި ކަމަށެވެ. މަރުވި މީހުންގެ ޢާއިލާތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އިނގިިރޭސިވިލާތުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ މަރުވި މީހުންގެ ހަށިތައް ރަސްމީކޮށް ދެނެގަތުމަކީ އިންޑިޔާގެ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ. ގުޖުރާތުގެ ސަރަޙައްދީ ސަރުކާރާއި އިންޑިޔާގެ މައި ސަރުކާރާ ގުޅިގެން މި މަސައްކަތުގައި އިނގިރޭސިވިލާތުން އެއްބާރުލުން ދެމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މަރުވި މީހުންގެ ޢާއިލާތައް ތަމްސީލުކުރާ ވަކީލަކު ބުނީ މި ހަފްތާގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓަރމަރ މި މައްސަލައާ ގުޅޭގޮތުން މޯދީއާއެކު މަޝްވަރާކުރައްވާނެ ކަމަށް ބެލެވޭ ކަމަށެވެ. މަރުވެފައިވާ ޢާއިލާ މެންބަރުންގެ ހަށިތަކާ ގުޅޭގޮތުން ޢާއިލާތަކަށް އަވަސް ޖަވާބެއް ބޭނުންވާ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
